ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙަޤީޤަތުގައި ވެސް، އެޗްޕީއޭގެ ބެކްލޮގެއް އެބައުޅޭ: މަބްރޫކް

ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ބެކްލޮގެއް އުޅޭކަމަށް ކޮވިޑް-19 އިގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.

ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ޙަޤީޤަތުގައި ވެސް، އެޗްޕީއޭގެ ކުޑަ ބެކްލޮގެއް އުޅޭކަމަށެވެ.

މަބްރޫކް މިހެން ވިދާޅުވެފައިމިވަނީ، އެޗްޕީއޭއިން ބައެއް މީހުންގެ ސާމްޕަލްނަގާ ޓެސްޓްކުރުމުގެ މަސައްކަތްކުރުމުގައި ލަސްތަކެއް އުޅޭކަމަށް ބުނެ ސޯޝަލްމީޑިއާގައި، ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މަބްރޫކް ވިދާޅުވީ، ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުމުގައި، ހާމަކުރާ ޢަދަދުތަކުން ވެސް ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ޢަދަދުގިނަކަން ފާހަގަކުރެވޭނެކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެ ސާމްޕަލްތަކުގެ ނަތީޖާ ހޯދުމަށްޓަކައި އިތުރު މެޝިނެއް ހޯދުމުގެ މަސައްކަތްކުރައްވަމުން އަންނަކަމަށާއި، އެޓެންޑްނުވެވި ތިބި މީހުންނަށް ގުޅާ، ހާލަތު އޮޅުންފިލުވުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.

މަބްރޫކްގެ އިތުރުން، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޑރ.ނަޒްލާ ރަފީޤު ވެސްވަނީ މި ކަން ފާހަގަކުރައްވާފައެވެ.

މި ކަމާއި ގުޅިގެން ޑރ.ނަޒްލާ ވިދާޅުވީ، ނެގެޓިވް ނަތީޖާތައް އިންފޯރމް ކުރުމުގައި ލަސްތަކެއް އުޅޭކަމަށާއި، އެ ކަން ރަނގަޅުކުރަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

މާލޭސިޓީގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެޗްޕީއޭއިން އަންނަނީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަވަސްކޮށް، މި ވައިރަހަށް ޕޮޒިޓިވްވެފައިވާ އިތުރު މީހުން ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ. މި ގޮތުން، މިހާތަނަށް މާލޭސިޓީން ވައިރަހަށް ޕޮޒިޓިވްވި 47 މީހެއްގެ އިތުރުން، އެ މީހުންނާއި ކޮންޓެކްޓްވި 900 އަށްވުރެ ގިނަމީހުން ހޯދިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: