ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ސަލާމަތްކުރުމުގައި ފަހު މީހާއާ ހަމައަށް ސިފައިން މަސައްކަތްކުރާނެ: ޗީފް އޮފް ޑިފެންސް

ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ސަލާމަތްކުރުމުގައި އެންމެ ފަހު މީހާއާ ހަމައަށް ވެސް ދިވެހި ސިފައިން މަސައްކަތްކުރާނެ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ޝަމާލް ވިދާޅުވީ ކޮވިޑް-19 އިން ރައްޔިތުން ސަލާމަތްކުރަން ބޮޑެތި ގުރުބާނީތަކެއް ސިފައިން ވަމުން އަންނަ ކަމަށެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގައި ވެސް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އިން ރައްޔިތުން ސަލާމަތްކުރުމުގައިވެސް ސިފައިން ދެމިތިބޭނީ އެގޮތުގައި ކަމަށެވެ.

ރައްޔިތުން ކޮވިޑް-19 އިން ސަލާމަތް ކުރުމަށްޓަކައި ވެވެން އޮތް ހުރިހާ ގުރުބާނީއެއް ސިފައިން ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

”ސިފައިން މިގެންދަނީ ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވަމުން. އޭގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ގައުމަށްޓަކައި. ރައްޔިތުންނަށްޓަކައި ކޮށްދެމުން ސިފައިން މިގެންދަނީ، ހާއްސަކޮށް ފާހަގަ ކޮށްލަން ބޭނުން އާއިލާތަކާ ވަކިން. އާއިލާތައް ނުފެނި ސިފައިން އެގެންދަނީ މަސައްކަތް ކުރަމުންކަން“ ޝަމާލް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަމާލް ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ ސިފައިންގެ އަށް ގިނަ ކުރިއެރުންތަކެއް ލިބުނު ފަހުރުވެރި އަހަރެއް ކަމަށެވެ. އޭގެތެރއިން ސިފައިންގެ މުޅި އޮޕަރޭޝަނަށް އާ ބަދަލުތަކެއް ގެނައުމާއި ވެލްފެއާ ކަންކަން ހަރުދާ ކުރުމުގެ އިތުރުން ރައްޔިތުންނާ އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: