ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ކަމަކުންވެސް، ސިފައިން ދައްކަމަންދަނީ، މުޅި ޤައުމު އެ ޚިދުމަތްތައް ބަލައިގަންނާނެފަދަ ނަމޫނާއެއް: ޑިފެންސް މިނިސްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމަށް ކުރިމަތިވާ ކޮންމެ ކަމަކުންވެސް، ސިފައިން ދައްކަމަންދަނީ، މުޅި ޤައުމު އެ ޚިދުމަތްތައް ބަލައިގަންނާނެފަދަ ނަމޫނާއެއްކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 128 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މާރިއާ މިއަދު ދެއްވި ޚިޠާބުގައި ވިދާޅުވީ، ޤައުމަށް ކުރިމަތިވާ ކޮންމެ ކަމަކުންވެސް، ސިފައިން ދައްކަމަންދަނީ، މުޅި ޤައުމު އެ ޚިދުމަތްތައް ބަލައިގަންނާނެފަދަ ނަމޫނާއެއްކަމަށާއި، އެ ޚިދުމަތްތައް ރަންއަކުރުން ފަވާލައްވާ ކަމަށެވެ.

މީގެ އިތުރުން މާރިއާ ވިދާޅުވ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 މި ޤައުމުގައި ފެތުރުނަ ނުދިނުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ރެޔާދުވާލު ވަރުބަލިކަމެއްނެތި ސިފައިން ހަރާކާތްތެރިވާކަމަށެވެ.

މިނިސްޓަރު މާރިއާ ވިދާޅުވީ ޤައުމަށް ކުރިމަތިވާ މިފަދަ ކޮންމެ ހާލަތެއްގައި ވާރެޔާއި އަވީގައި ހަރަކާތްތެރިވަމުން އަންނަކަން ރައްޔިތުން ހެޔޮހިތުން ބަލައިގަންނަކަމަށެވެ.

މީގެ އިތުރުން މާރިއާ ވިދާޅުވީ، މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ސިފައިން ދައްކަމުންދަނީ، ނަމޫނާއެއްކަމަށެވެ.

މާރިއާ ވިދާޅުވީ ކޮންމެ ދިމާއަކަށް ބަލައިލިޔަސް ސިފައިންދައްކަމުން އަންނަނީ ނަމޫނާ ޑިސިޕްލިންއެއްކަމަށާއި، ހުސްވި އަހަރުގައި ކުޅިވަރުގެ މައިދާންތަކުގައި ދިވެހން، ހޯދި މެޑަލްތައް ހޯދުމުގައި ވެސް ސިފައިންގެ ހިއްސާ ބޮޑުކަމަށެވެ.

މާރިޔާ ވަނީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަށާއި، ސިފައިންގެ އެކި ރޭންކުތަކުގައި މަސައްކަތްކުރަމުންދާ ސިފައިންނަށާއި، އެ މީހުންގެ ޢާއިލާތަކަށާާއިި ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

 

ކޮވިޑް-19 އާއި ގުޅިގެން، ރާއްޖެއަށް ނުރައްކާތެރިކަން ކުރިމަތިވެފައިވާއިރު، ސިފައިން އަންނަނީ، ރެއެއް ދުވާލެއް، ބިރެއް ސިހުމެއް ނެތި ހިތްވަރާއި ފަންވަރާއެކު މަސައްކަތްކުރަމުންނެވެ. މި ގޮތުން، މި ވައިރަސް ހުއްޓުވުމަށްޓަކައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ އެއްބަޔަކީ ސިފައިންނެވެ. މީގެ އިތުރުން، ސިފައިން އަންނަނީ، މި ވައިރަހާއި ގުޅިގެން ކުރެވޭ އެކިއެކި މަސައްކަތްތަކުގައި އެއްބާރުލުންދީ އެހީތެރިވަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: