ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކޯވިޑް-19 އާ ގުޅޭގޮތުން އިންޑިޔާގެ ބޮޑުވަޒީރާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތާއި ބެހޭގޮތުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނު މެދުވެރިކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިގޮތުން ދެބޭފުޅުން ވަނީ މި ބަލިމަޑުކަން ފެތުރުނަ ނުދިނުމަށްޓަކައި ބޯޑަރު ބަންދުކުރުމާއި، އިޖްތިމާޢީ ގައިދުރުކުރުން ލާޒިމުކުރުމާއި، ކޯވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތައް އެކަހެރިކުރުމުގެ އިތުރުން ޢާންމުންގެ ތެރޭގައި ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް ނަންގަވަމުން ގެންދަވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ދެ ބޭފުޅުންވެސް ވަނީ މިފަދަ ފަރާތްތަކަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ އިތުރު ސާމާނު ލިބޭނެގޮތާއި، ޞިއްޙީ ފަރުވާ ދިނުމަށް ޙާއްޞަކޮށްފައިވާ ތަންތަނުގެ ޖާގައާއި ފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތައް އިތުރުކުރައްވަމުން ގެންދަވާ ކަމުގައި ފާހަގަކުރައްވަވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރު ވަނީ މިކަމުން އަރައިގަތުމަށް ރާއްޖެއަށް ބޭނުންވާ އިތުރު އެހީތެރިކަން އިންޑިޔާއިން ކަށަވަރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މި ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ވަމުންދާ ގެއްލުންތަކަށް އަލިއަޅުއްވާލައްވަމުން ދެ ޤައުމުގެ ލީޑަރުން ވަނީ ދޭދޭ ޤައުމުތަކުން އަދި ސަރަޙައްދީ ގޮތުން މިކަމުން އަރައިގަނެ، އިޤްތިޞާދުތައް އަލުން ބިނާކޮށް ބަޖެޓް އެހީ ތެރިކަން ފޯރުކޮށްދިނުންފަދަ ފިޔަވަޅުތަކާ މެދު މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ ބޮޑުވަޒީޒުގެ އިސްނެންގެވުމާއެކު މި ވައިރަސްގެ ސަބަބުން ގެއްލުން ވެފައިވާ ދެކުނު އޭޝިޔާ ޤައުމުތަކަށް އެހީތެރުވުމަށް ޤާއިމުކުރެއްވެވި ”ވޮލަންޓަރީ ކޯވިޑް-19 ފަންޑް“ ޤާއިމުކުރެއްވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާ ސަރުކާރުން ރާއްޖޭގެއަށް ވެދެއްވަމުންދާ އެހީތެރިކަމަށް ޙާއްޞަކޮށް ޗައިނާގެ ވޫހާންގައި ތިބި ދިވެހިން ރާއްޖެއަށް ގެނެސްދެއްވިކަމާއި، އިންޑިޔާގެ މެޑިކަލް ޓިމެއް ރާއްޖެއަށް ޒިޔާރަތްކުރެއްވެވިކަމާއި، ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދެއްވުމަށް ކުރެއްވެވި މަސައްކަތްޕުޅު ފާހަގަކުރައްވައި ނަރެންދުރަ މޯދީއަށް ޝުކުރުއަދާކުރައްވާފައެވެ.

މި ފޯނުކޯލް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަން ހުއްޓުވުމަށް އިންޑިޔާގެ ބޮޑުވަޒީރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

އިންޑިޔާގެ ބޮޑުވަޒީރުވެސް ވަނީ ރާއްޖެއިން ކުރަމުންދާ މަސައްކަތައްވެސް ކާމިޔާބީއަށް އެދިވަޑައިގެން އަންނަން އޮތް ރަމަޟާން މަހަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: