ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި 80 އަހަރުގެ މީހެއް: ގާތުން މޮނީޓާރ ކުރުމަށް ޑީއެޗް11 އަށް!

މާލެއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވާ މީހުން ދުވަހުން ދުވަހަށް އިތުރުވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގައި ކޮރޯނާ ވައިރަސް ކޮމިއުނިޓީ ސްޕްރެޑްއެއްގެ ގޮތުގައި ފެތުރި، ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ 80 އަހަރުގެ އުމުރުން ދުވަސްވީ ފަރާތެއް ވީހާވެސް ކައިރިން މޮނީޓާރ ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، އެއީ މިއަދު މާލެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށެވެ. މާލެއިން މިއަދު ބައްޔަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މީގެ ކުރިން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވި ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި އޭގެ އިތުރުން މާބަނޑު އަންހެނެއް ހިމެނޭކަން ވަނީ ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ، އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 60 އަހަރުގެ މީހަކު ހިމެނޭކަމަށް ވިދާޅުވެފައެވެ.

ބައްޔަށް ޕޮޒިޓިވް އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫންކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވެފައިވަނީ، ހައި ރިސްކު ކެޓަގަރީގެ އެންމެން ވެސް ގާތުން މޮނީޓާރ ކުރަމުން ދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: