ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރުވާލުމުގެ ކުރިން ބައްޔަށް ޕޮޒިޓިވް ވި ތިން ބަންގްލަދޭޝް މީހުންގެ ކޭސްގައި ދެ ހަބެއް، ކޮންޓެކްޓުން އިތުރުވެދާނެ!

މާލޭގައި ކޮރޯނާ ވައިރަސް ފެތުރުން: ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އޮންލައިންކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް ކޮންޓެކްޓު ޓްރޭސިންއަށް ފާހަގަކުރެވިވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު އަންގާރަ ދުވަހު ފެނުނު ތިން ކޭސްއަކާއި ގުޅޭ 190 ކޮންޓެކްޓުން ފެނިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

އިމަމަޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވިދާޅުވީ ކޭސް 76 ،77 އަދި 78 އާ ގުޅުން ހުރި ކޮންޓެކްޓުތަކުގެ ދެ ހަބެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރެއިން އެއް ހަބުގައި 50 މީހުން ހިމެނޭއިރު އަނެއް ހަބުގައި 140 މީހުން ހިމެނޭ ކަމަށެވެ. އެއް ހަބަކަށް ނިސްބަތްވާ މިހާ ގިނަ ކޮންޓެކްޓުތަކެއް ފެނިފައިވާތީ އަދަދު މިއަށް ވުރެ އިތުރުވެގެން ގޮސްދާނެކަން ބެލެވޭކަމުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ފާހަގަކުރެއްވި އެ ކޭސްތަކަކީ، ގަވައިދާ ހިލާފަށް އަންޑޮކިއުމެންޓެޑް ބައެއްގެ ގޮތުގައި ރާއްޖޭގައި އުޅެމުން އައި މީހުންގެ ތެރެއިން އެނބުރި ބަންގްލަދޭޝްއަށް ފޮނުވާލުމަށް ނިންމި މީހުންގެ ތެރެއިން ނެގި ސާމްޕަލްތަކެކެވެ. ފުރުވާލުމުގެ ކުރިން 70 މީހެއްގެ ސާމްޕަލް ނެގިއިރު އެތަނުން 3 މީހެއް ބައްޔަށް ޕޮޒިޓިވް ވީއެވެ. އެ މީހުން މިވަގުތު ތިބީ ތާޖުއްދީން ސްކޫލުގައެވެ.

”އެއް ހަބްގައި 140 ކޮންޓެކްޓް، އަދި އަނެއް ހަބްގައި 50 އަށް ވުރެ ގިނަ ކޮންޓެކްޓު ހިމެނޭ. މީގެ އިތުރުން ބޭންކް އޮފް ސިލޯންގައި ޕޮޒިޓިވްވި ކޭހާ ގުޅޭ 14 ކޮންޓެކްޓް ހިމެނޭ. އަމީން ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރާ ކޭސް 74 އާ ގުޅޭ ތިން ކޮންޓެކްޓްފެނުނު އިރު އޭގެ ތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައި.“ ޑރ. އަފްޒަލް

ލޮކްޑައުންގެ ސަބަބުން ކޮންޓެކްޓުތައް ވަރަށް ބޮޑަށް ދަށްކުރެވިފައިވާކަން ފާހަގަކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ ޕީކެއް އައި ނަމަވެސް އެއަށްފަހު ސްޓޭބަލް ވާނެކަމަށް އުންމީދު ކުރެވޭ ކަމަށެވެ. މިވަގުތު ކޭސްތައް ގިނަވެ، ކޮންޓެކްޓުން ގިނަ ވަނީ މޫވްމެންޓުތައް އިތުރުވެ ގިނަ ބަޔަކު އުޅޭ އަދި އައިސްގޮސް ހަދާތަންތަނާއި ގުޅިފައި ހުރުމުންކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މީގެ ކުރިންވެސް ގޭގައި މަޑުކުރުމަށް އިލްތިމާސްކުރުމުން ގިނަ އާއްމުންނަށް އެކަން ސީރިއަސް ސިފައެއްގައި ނެގިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، ލޮކްޑައުން ހާލަތު ގެނައުމުން، އޭގެ ރަނގަޅު އަސަރުތަކެއް ފެންނާނެ ކަމުގައި ވިދާޅުވިއެވެ.

އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން އެންމެ ފުރަތަމަ ބަލީގެ އަސަރު ފެނިފައި ވަނީ ބުދަ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދި އޭގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވް ވީއިރު ޓްރޭސް ކުރެވުނު މީހުންގެ އާއިލާއަށް ނިސްބަތް ވާ އިތުރު ބަޔަކު ވެސް ޕޮޒިޓިވް ވިއެވެ. އެ މީހުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށެވެ.

އެންއައިއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މަބްރޫކް އަަޒީޒް ވިދާޅުވީ މިހާތަނަށް ފެނުނު ކޭސްތަކުގައި އާ ދެ ކްލަސްޓާއެއް ހިމެނޭ ކަމަށެވެ. އެއީ، ބައްޔަށް ޕޮޒިޓިވް ވީ މީހުންނާއި އެއްވެސް ގޮތަކުން ގުޅުމެއް ނެތް މީހުންނެވެ. ނުވަތަ ކޮންޓެކްޓު ވެފައި ނެތް މީހުންނެވެ. އެހެން ކަމުން، ބަލި ފެތުރެން މެދުރިވީ ކިހިނެއްކަން ނުވަތަ ޕޭޝަންޓް އެކްސް އަކީ ކޮބައިކަން އަދި ހޯދިފައި ނުވެއެވެ.

މާލެއިން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 84 އަކަށް އަރާފަ އެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހެއް ހިމެނެއެވެ. އެއީ 60 އަހަރާއި 80 އަހަރުގެ މީހެކެވެ.، އަދި ޕޮޒިޓިވް މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ. މީގެ ތެރެއިން80 އަހަރުގެ މީހާގެ ހާލު ދެރަވާތީ ކައިރިން މޮނީޓާރ ކުރުމަށް ޑީއެޗް11 އަށް ވަނީ ބަދަލު ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: