ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމަށް އަންނަ ބަދަލާއި، ކޮވިޑް-19 ގެ ބަލިމަޑުކަން އެކުވުމުން، ރާއްޖެފަދަ ނާޒުކު ޤައުމުތަކަށް ނުރައްކާތެރިކަން އިތުރުވެފައިވޭ: ރައީސް ޞާލިޙް

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް އަންނަ ބަދަލާއި، ކޮވިޑް-19 ގެ ބަލިމަޑުކަން އެކުވުމުން، ރާއްޖެފަދަ ނާޒުކު ޤައުމުތަކަށް ނުރައްކާތެރިކަން އިތުރުވެފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުވަހާއި (އާތު ޑޭ ) ގުޅިގެން، އެ މަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޫސުމަށް އަންނަ ބަދަލާއި، ކޮވިޑް-19 ގެ ބަލިމަޑުކަން އެކުވުމުން، ރާއްޖެފަދަ ނާޒުކު ޤައުމުތަކަށް ނުރައްކާތެރިކަން އިހުނަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާކަމަށެވެ.

އެހެންކަމުން، މި ފަދަ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް މަސައްކަތްކުރަމުން އަންނައިރު، މޫސުމަށް އަންނަ ބަދަލުތަކަށާއި، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތްތަކަށް ވެސް، ރިޢާޔަތްކުރަންޖެހޭކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

1970 ވަނަ އަހަރުގައި ފާހަގަކުރަން ފަށާފައިވާ، ދުނިޔޭގެ ދުވަހަކީ، ދުނިޔޭގެ ވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ގޮތުން މަސައްކަތްކުރުމަށްޓަކައި، ކޮންމެ އަހަރެއްގެ ވެސް އޭޕްރީލްމަހުގެ 22 ވަނަ ދުވަހުގައި ފާހަގަކުރެވޭ ދުވަހެކެވެ.

މި ދުވަސް އަޅުގަނޑުމެންނާއި މަރުޙަބާ ކިޔާފައިވާއިރު، ދުނިޔެ މިއަދު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ކޮވިޑް-19 އިގެ ސަބަބުން ދުނިޔޭގެ ހާލަތު މިވަނީ، ކަންބޮޑުވާ ދަރަޖައަށް ގޮސްފައެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގައި މި ބަލި ފެތުރި، ބައްޔައް ޕޮޒިޓިވްވާ މީހުންދަނީ ގިނަވަމުންނެވެ. މި ގޮތުން، މިއަދާއި ހަމައަށް ރާއްޖޭގެ 66 މީހަކު މި ބައްޔަށް ޕޮޒިޓިވްވެ، އޭގެތެރެއިން ބައެއް ކޭސްތަކާއި ކޮންޓެކްޓްވެފައިވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ ޤައުމު މިވަނީ ބިރުވެރިކަމެއްގެތެރޭގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: