ނޫސްވެރިކަމުގެ މިނިވަންކަމުގައި 19 ދަރަޖައިގެ ކުރިއެރުމެއް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
މި ކަން ފާހަގަކޮށްފައިވަނީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން ބަލާ ޕްރެސް ފްރީޑަމް އިންޑެކްސް އިންނެވެ.
ރިޕޯރޓާސް ވިތުއައުޓް ބޯޑާރސް އިން ކޮންމެ އަހަރަކު ނެރެމުން އަންނަ މި އިންޑެކްސްގައި ރާއްޖެއަށް މި އަހަރު އޮތީ 79 ވަނައިގައެވެ.
އެއީ ހުސްވި އަހަރުގައި 98 ވަނައިގައި އޮތުމަށްފަހުއެވެ.
އޭޝިޔާގެ ޤައުމުތަކަށް ބަލާއިރު، އެންމެ ކުރީގައި އޮތް ޖަޕާންއަށް ލިބިފައިވަނީ، 66 ވަނަ ދަރަޖައެވެ. 67 ވަނައިގައި އޮތީ ބޫޓާން އެވެ.
އޭޝިޔާގެ ގިނަ ޤައުމުތައް އޮތީ، ފާއިތުވެދިޔަ އަހަރު އެ ޤައުމުތަކަށް ލިބުނު ދަރަޖައާއި އަޅައިބަލާއިރު، ދަރަޖައިގެ ގޮތުން ރާއްޖެއަށްވުރެ ލިސްޓުގެ ފަހަތުގައެވެ.

