ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ ހައިޑްރޮކްސިކްލޮރޮކުއިން ޝިޕްމަންޓް ރާއްޖެއަށް ގެނެސްފި

އިންޑިއާއިން ފޯރުކޮށްދިން ބޭހުގެ އެހީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހައިޑްރޮކްސިކްލޮރޮކުއިންގެ ފަންސާސް ހާސް ޔުނިޓް، ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ކޮވިޑް-19 އާއި އެނޫންވެސް ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރެވޭ މި ބޭސް ރާއްޖެއަށް ގެނެސްފައިވަނީ ރޭ އިންޑިއާގެ ޗެންނާއީ އިން އައި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓުގައެވެ.

އިންޑިއާގައި ކޮންޓްރޯލްކޮށްފައިވާ މިބޭސް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ދެޤައުމުގެ މެދުގައި އޮންނަ ގާތްގުޅުމުގެ ރަމްޒެއްގެ ގޮތުންނެވެ.

މިފަދަ ދަނޑިވަޅެއްގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް މިފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާ ސަރުކާރަށް ދިވެހި ރައްޔިތުންގެ ނަމުގައި ޚާއްސަ ޝުކުރެއް  ދިވެހި ސަރުކާރުން ވަނީ ދަންނަވަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: