ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ނުވަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 94 އަށް އަރައިފި

އިމަޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް އިތުރު ނުވަ މީހަކު މާލެއިން ޕޮޒިޓިވްވެ ރާއްޖެއިން ކޮރޯނާ ވައިރަހަސް ޕޮޒިޓިވްވި މީޙުންގެ އަދަދު94 އަށް އަރައިފިއެވެ. 

ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވިޓެއްފައި ބުނެފައި ވަނީ މާލެއިން ކޮރޯނާ ވައިރަހަށް މިއަދު ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުންގެ އިތުރުން ހަތަރު ދިވެހިން ކަމަށެވެ.

https://twitter.com/HPA_MV/status/1253240744774717440

ކޮރޯނާ ވައިރަހަށް އިތުރު ނުވަ މީހަކު މާލެއިން ޕޮޒިޓިވްވުމާއި ގުޅިގެން ކޮރޯނާ ވައިރަހަށް މާލެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 75 އަށް މިވަނީ އަރާފައެވެ. 

މާލެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަހަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މި މަހުގެ15 ދުވަހުއެވެ. އެކަމާއި ގުޅިގެން މާލެ މިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުން ކޮށްފައެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ހުރި މީޙުން ފެންނަމުންދާތީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް މީހުން ދިއުން ވެސް އެޗްޕީއޭއިން މިވަނީ މަނާކޮށްފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: