ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް އިތުރު ނުވަ މީހަކު މާލެއިން ޕޮޒިޓިވްވެ ރާއްޖެއިން ކޮރޯނާ ވައިރަހަސް ޕޮޒިޓިވްވި މީޙުންގެ އަދަދު94 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވިޓެއްފައި ބުނެފައި ވަނީ މާލެއިން ކޮރޯނާ ވައިރަހަށް މިއަދު ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުންގެ އިތުރުން ހަތަރު ދިވެހިން ކަމަށެވެ.
https://twitter.com/HPA_MV/status/1253240744774717440
ކޮރޯނާ ވައިރަހަށް އިތުރު ނުވަ މީހަކު މާލެއިން ޕޮޒިޓިވްވުމާއި ގުޅިގެން ކޮރޯނާ ވައިރަހަށް މާލެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 75 އަށް މިވަނީ އަރާފައެވެ.
މާލެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަހަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މި މަހުގެ15 ދުވަހުއެވެ. އެކަމާއި ގުޅިގެން މާލެ މިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުން ކޮށްފައެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ހުރި މީޙުން ފެންނަމުންދާތީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް މީހުން ދިއުން ވެސް އެޗްޕީއޭއިން މިވަނީ މަނާކޮށްފައެވެ.

