ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރު ކަމަށާއި، މުޅި ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ދިމާވެފައިވާ، ހިތާމައިގެ ދަނޑިވަޅުގައި ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރި ކަމީ، މި ބަލިން އަރައިގަތުމަށް މާތްﷲ މެދުވެރި ކުރެއްވި މަތިވެރި ނަސީބެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހްގެ ޚިޠާބުގައި އެމަނިކުފާނު ވަނީ މި ބަރަކާތްތެރި މައްސަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އިޚްލާޞްތެރި ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުވާފައެވެ. އަދި އެމަނިކުފާނުގެ ޚިޠާބުގައި މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް ވަނީ ފޮނުއްވާފައެވެ.
ރައްޔިތުންނާއި މުހާތަބު ކުރައްވަައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރު ކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ ހާލަތު ރާއްޖެއަށް ވެސް ކުރިމަތިވެފައިވާތީ މިސްކިތްތައް ބަންދުވިޔަސް އަޅުކަން ކުރުމުގެ މަގާއި، ދޮރު ބަންދެއް ނުވާ ކަމަށެވެ.
ރައީސް ސޯލިހް އެދިވަޑައިގެންނެވީ ބަލިމަޑުކަމުގެ ތެރޭގައި ތިބެ ކުރިމަތިލާ މިރަމަޟާން މަހަކީ ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، މީހުންނަށް އެހީތެރިކަން ފޯރުވައި، އަޅައިލާ މައްސަރަކަށް ހެއްދެވުމަށެވެ. ރައީސް ސޯލިހް ވަނީ މައްސަރުގައި އަޅުގަނޑުމެންގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މާތް ސިފަ ކުރިއަށް ނެރެ، ދުވަސްމީހުންނާއި ބަލި މީހުންނަށް ހެޔޮ ފޯރުވައި އުޅުމަށް އިސްކަންދިނުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.
މި އަހަރުގެ ރަމަޟާން މަހާއި މުޅި ދުނިޔެވެސް ކުރިމަތިލާން ޖެހިފައި މިވަނީ މީގެ ކުރިން ދުނިޔެ ދެކެފައިނުވާވަރުގެ ހަލަތާއި އެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންސާނުން މިއަދު ތަޖުރިބާ ކުރަންޖެހިފައި ވަނީ ވަރުގަދަ އިމްތިހާނަކާއިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ކޮރޯނާ ވައިރަސް، އެތައް ބައެއްގެ ދިރިއުޅުން ހުއްޓުވުމަކަށް ގެނެސްފައިވާއިރު، ހަމައެކަނި ހުއްޓާލަން ޖެހިފައިމިވަނީ ޖަމާއަތުގައި ކުރާ ނަމާދުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، މިފަދަ އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ބަރަކާތްތެރި ރަމަޟާން މަސް ބައްދަލު ކުރާކަމީ ނަސީބެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އިސްލާމްދީންވެސް ބާރުއަޅަނީ އިންސާނާގެ އީމާންތެރިކަން ވަރުގަދަކޮށް ކެތްތެރިވެ ސަބަބުތަކުގައި ހިފުމާއި އެކު، ﷲގެ ހަޒުރަތުގައި މަދަދާއި ވާގިވެރިކަމަށް އެދުމަށް ކަމަށެވެ. މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲއަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ގޭގައި ތިބެގެންވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ކީރިތި ޤުރުއާން ކިޔެވުން އިތުރުކޮށް، ތަރާވީހު ނަމާދު ކުރުމާއި އަދި ދަމު ނަމާދުކުރުމަށް ސަމާލުކަންދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ކޮންމެ ރައްޔިތަކުވެސް ދުނިޔެއަށް ކުރިމަތިވެފައވާ، ކޮވިޑް 19ގެ ބަލިމަޑުކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ ﷲ އަށް ދުއާ ދެންނެވުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.
”ރޯދަ މަހަކީ އަޅުކަމުގެ މޫސުން. ގުރްއާން ކިޔެވުމާއި ދުއާ ކުރުން ގިނަކޮށް، އަނެކުންނަށް ދީލަތިވުމާއި އެހީ ފޯރުވުމުގެ މައްސަރު. އެހެންކަމުން، މި މުހިންމު ދުވަސްތައް އަޅުގަނޑުމެން ހޭދަކުރަންވީ، ކޮވިޑް19 ގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ތެރެއިން ފިއްލަވައި، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ހާލަތަށް އެނބުރި ދިޔުމުގެ ހެޔޮ ތައުފީގު ދެއްވުން އެދި، ﷲގެ ހަޒްރަތުގައި ދުއާ ދެންނެވުމުގައި.“ ރައީސް ސޯލިހް
ރައީސް ވިދާޅުވީ މިސްކިތްތައް ބަންދުވިޔަސް ﷲ އަށް މުނާޖާ ދެންނެވުމުގެ ދޮރު ބަންދު ނުވާކަމަށާއި ރަމަޟާން މަހު ގޭގައި ތިބެގެންވެސް ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ. އަދި ވިދާޅުވީ ރޯދަ މަހަކީ އަޅުކަމުގެ މޫސުން ކަމަށާއި މިމައްސަރުގައި ގުރުއާން ކިޔެވުމާއި ދުއާކުރުން ގިނަކޮށް، އަނެކުންނަށް ދީލަތިވުމާއި އެހީ ފޯރުވުން ގިނަ ކުރަންޖެހޭ ކަމަށެވެ.
ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހު މިރޭ ވިދާޅުވީ މިއަހަރުގެ ރޯދަމަހާ އަޅުގަނޑުމެން މި ބައްދަލުކުރީ ފަހުގެ ތާރީހެއްގައިވެސް އިންސާނުން ތަޖުރިބާކޮށްފައިނުވާފަދަ ވަރުގަދަ އިމްތިހާނަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއްގައި ކަމަށެވެ.
”ކޯވިޑް19ގެ ބަލިމަޑުކަން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާންމު ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފި. އިޖުތިމާއީ ގައިދުރުކުރުމަށް އިސްކަން ދޭންޖެހުމުގެ ސަބަބުން، އަޅުގަނޑުމެން ޖަމާއަތުގައި އަދާކުރާ އަޅުކަންތައްވެސް މިވަނީ މެދުކަނޑައިލަން ޖެހިފައި،“ ރައީސް
އެމަނިކުފާނު ވިދާޅުވީ މިފަދަ ހިތާމައިގެ ދަނޑިވަޅެއްގައި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރިކަމީ މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް މާތްﷲ އަޅުގަނޑުމެންނަށް މެދުވެރިކޮށްދެއްވި ވަރަށް މަތިވެރި ނަސީބެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲއަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައިވާކަމަށާއި ގޭގައި ތިބެގެންވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ކީރިތި ގުރްއާން ކިޔެވުން އިތުރުކޮށް، ތަރާވީހު ނަމާދުކުރުމަށާއި ދަމު ނަމާދުކުރުމަށް ސަމާލުކަންދީ، ކޮވިޑް 19ގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ ﷲ އަށް ދުއާ ދެންނެވުމަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ރޯދަ މަހަކީ އަޅުކަމުގެ މޫސުން ކަމަށާއި މިމައްސަރުގައި ގުރުއާން ކިޔެވުމާއި ދުއާކުރުން ގިނަކޮށް، އަނެކުންނަށް ދީލަތިވުމާއި އެހީ ފޯރުވުން ގިނަ ކުރަންޖެހޭ ކަމަށެވެ. މި ދުވަސްތައް ޙޭދަ ކުރަންވީ މި ވައިރަހުގެ ނުރައްކާތެރިކަން މުޖްތަމައުގެ ތެރެއިން ފިއްލަވައި، އާންމު ދިރިއުޅުމުގެ ހާލަތަށް އެނބުރި ދިޔުމުގެ ތައުފީގު ދެއްވުން އެދި، ﷲ އަށް ދުއާ ދެންނެވުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

