ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާރެއް ކޮންޓްރޯލުން ނައްޓާލައި، ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް!

މާލެ ހުޅުމާލެ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ސޯލާ ޕެނަލްތަކުގައި ޖެހި ފުރޮޅިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެއިން މާލެއަށް ދިޔަ ލެމްބޮގީނީ ކާރެއް ކޮންޓްރޯލުން ނައްޓާލައި، ހައިވޭގެ އަރިމަތީގައި ހުންނަ ސޯލާ ޕެނަލްތަކުގެ ދަގަނޑު ހޮޅިދަނޑިތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުގައި ކާރު ޖެހުނު ބާރުމިނުގެ ސަބަބުން ސޯލާ ޕެނަލްތަކުގެ ދަގަނޑުތައް ހުރީ ބަނޑިވެފައެވެ. އަދި ކާރު އޮތީ ފުރޮޅިފައެވެ.

ފުލުހުން ބުނި ގޮތުގައި ބްރިޖު ހައިވޭއިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓާލައި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ލިބުނީ، މިއަދު ހެނދުނު 8:42 ހާއިރުއެވެ.

އެ ހާދިސާ ހިނގި ވަގުތު އެ ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި ކަމަށާއި އެ ދެ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބޭކަމުގެ މައުލޫމާތު ލިބިފައިވާއިރު، އެކްސިޑެންޓުވި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި މި ހާދިސާގައި އެކްސިޑެންޓުވެފައިވަނީ މާލޭގައި ދުއްވާ އެންމެ އަގުބޮޑު ކާރުތަކުގެ ތެރޭގައި ހިމެނޭ ލެމްބޮގީނީ ރެވުއެލްޓޯ ކާރެކެވެ. އެންމެ ކުޑަވެގެން ވެސް 600،000 ޔޫއެސް ޑޮލަރު ނުވަތަ 9.5 މިލިއަން ރުފިޔާގެ އަގުހުރި އެ ކާރަކީ 2.5 ސިކުންތުގެ ތެރޭގައި ގަޑިއަކު 100 ކިލޯމީޓަރު ބާރަށް ދުއްވުމުގެ ގާބިލުކަން ހުންނަ ކާރެކެވެ. ލެމްބޮގީނީ ކުންފުނިން ބުނާ ގޮތުގައި ”ވީ12“ އިންޖީނެއް އަޅާފައި ހުންނަ އެ ކާރުގެ ޓޮޕް ސްޕީޑަކީ ގަޑިއަކު 350 ކިލޯމީޓަރެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: