ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާތް ނަބިއްޔާ ދެކެ ލޯބިވުމަކީ އެކަލޭގެފާނު ގެނެސްދެއްވި އަޚުލާޤީ އެންމެހާ ސިފަތަކުން ޒީނަތްތެރިވުން: ހުތުބާ

ހުކުރު ނަމާދުގެ ހުތުބާ ކުރިއަށްދަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރެމެންގެ މާތް ނަބިއްޔާދެކެ ލޯބިވުމަކީ ތެދުބަސްބުނުމާއި، ކެތްތެރިވުމާއި، ޢަދުލުވެރިވުމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމުކުރުމާއި، މަޑުމޮޅިވުމާއި، މި ނޫން ވެސް އެކަލޭގެފާނު ގެނެސްދެއްވި އަޚުލާޤީ އެންމެހައި ސިފަތަކުން ޒީނަތްތެރިވުންކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޞޫއަކީ ”މާތް ނަބިއްޔާ ދެކެ ލޯބިވުން“ މި މައުޞޫއެވެ.

ހުތުބާގައި ވަނީ މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމާއި އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަނެ، އެކަލޭގެފާނު އުންމަތަށް ދައްކަވައިދެއްވި އަޚުލާޤީ ރިވެތި މިންގަނޑުތަކަށް ތަބާވުން ކަމުގައި ބުނެފައެވެ.

އެގޮތުން، ތެދުބަސްބުނުމާއި، ކެތްތެރިވުމާއި، ޢަދުލުވެރިވުމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމުކުރުމާއި، މަޑުމޮޅިވުމާއި، މި ނޫން ވެސް އެކަލޭގެފާނު ގެނެސްދެއްވި އަޚުލާޤީ އެންމެހައި ސިފަތަކުން ޒީނަތްތެރިވުމަކީ މާތް ނަބިއްޔާ ދެކެ ލޯބިވުމުގެ ގޮތުން ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

”މުސްލިމް އަޚުންނޭވެ! މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމެވެ. އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަނެ، އެކަލޭގެފާނު އުންމަތަށް ދައްކަވައިދެއްވި އަޚުލާޤީ ރިވެތި މިންގަނޑުތަކަށް ތަބާވުމެވެ. ތެދުބަސްބުނުމާއި، ކެތްތެރިވުމާއި، ޢަދުލުވެރިވުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް އިޙުތިރާމުކުރުމާއި، މަޑުމޮޅިވުމާއި، މި ނޫން ވެސް އެކަލޭގެފާނު ގެނެސްދެއްވި އަޚުލާޤީ އެންމެހައި ސިފަތަކުން ޒީނަތްތެރިވުމެވެ.“ ހުތުބާ

އޭގެ އިތުރުން، އެކަލޭގެފާނު ދެކެ ލޯބިވާ މީހާ، ޢިބާދާތާއި މުޢާމަލާތާއި އަޚުލާޤިއްޔާތުގައި ވެސް އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލަން ޖެހޭކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ކީރިތި ރަސޫލާއަށް ކިޔަމަންގަތުމަކީ ސުވަރުގެ ވަދެވޭން އޮތް މަގުކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ މާތް ނަބިއްޔާއަށް އީމާންވުމުގެ މާނައަކީ، އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ މަތިވެރި ސުންނަތަށާއި މަޤާމަށް ޤަދަރުކޮށް، އިޙުތިރާމްކުރުންކަމުގައި ވާއިރު އެ މީހެއްގެ އަމިއްލަ ނަފުސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނުގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެކަމަށެވެ.

އޭގެ އިތުރުން، މާތް ރަސޫލާއަށް ނަފުރަތުކުރުމާއި، ކުޑައިމީސް ބަސްބުނެ، ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ ކަމެއް ކަމަށާއި އެ ފަދަ މީހުންނަކީ މާތް ﷲ ލަޢުނަތް ލައްވައި ނިކަމެތިކުރައްވައި ވޭންދެނިވި ޢަޛާބު ދެއްވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: