ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަށް ރައީސް ޔާމީން ގޮވާލީ ބިންތައް ފޭރެން ޖާގަ ނުދީ އިހުތިޖާޖު ކުރުމަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ފޮޓޯ/ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރަށްރަށުގައި ހުރި އެންމެ ވަރުގަދަ އަދި އެންމެ މުއްސަނދި ވަސީލަތަކީ ބިން ކަމަށާއި، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމާއި ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ވެސް ކުރަންޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތިނަދޫގެ ”އާބާދީ 60“ ރަސްމީ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން އުފަލުގައި ދިރިއުޅޭ މި ރާއްޖެއަކީ ފަގީރު ގައުމެއް ނޫންކަމަށާއި، ރާއްޖޭގެ ވަސީލަތްތައް ވެސް މަދު ނޫން ކަމަށެވެ. ނަމަވެސް ބޭނުންވަނީ އެ ވަސީލަތްތައް އެންމެ ފުރިހަމަ އަދި އެފިޝަންޓް ގޮތެއްގައި ރައްޔިތުންގެ ފައިދާއަށް ބޭނުންކުރަން އެނގޭނެ ވެރިކަމެއްކަމަށާއި، އެކަން ނޭނގޭނަމަ އެ ޒިންމާތަކާ ހަވާލުވެގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނެއް ހެދުމުގެ މައިގަނޑު މަގްސަދަކީ މަރުކަޒީ ސަރުކާރުގެ ބާރުތައް ބޭރުކޮށް، ރަށްރަށަށް ބާރުތަކެއް ދިނުމެވެ. ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރަމުން ދަނީ ކައުންސިލްތަކާ ދެކޮޅަށް، ކައުންސިލްތަކުގެ ނުރުހުމުގައި އަދި އެއްވެސް ބަހެއް ހޯދުމެއް ނެތި ސަރުކާރުގެ ބޭނުންތަކަށް ރަށްރަށުގެ ބިން ނެގޭ ގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ސަރުކާރުގެ ”ލޭންޑް ގްރެބް ޕޮލިސީ“ ގެ ދަށުން ހިންގާކަމެއް ކަމަށާއި، މިކަމަށް އެއްވެސް ގޮތަކަށް ދޫނުދިނުމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ބިންތައް ދޫކޮށްލައިފިނަމަ ލާމަރުކަޒީ ނިޒާމުގެ އެއްވެސް ބޭނުމެއް ނޯންނާނެ ކަމަށާއި، ހަމައެކަނި މަޤާމުތަކެއް ހޮވާފައި މީހުން ބޭތިއްބުމުގެ މާނައެއް ނެތްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ކައުންސިލްތަކުގެ އިހުތިސާސުން ބިން ވަކިކުރާ މައްސަލައިގައި ކެރުންތެރިކަން އިސްކޮށް އެއްވެސް ކައުންސިލެއް އިސްތިސްނާ ނުވެ ބަޔާންތައް ނެރެންޖެހޭކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ރަށަކަށް ތަރައްގީގެ މަޝްރޫއެއް ގެނައުމަށްޓަކައި ޕްރޮޖެކްޓަކާ އެކު އައުމުން ބިން ނުދީ އެއްވެސް ކައުންސިލަކުން ނުހިފަހައްޓާނެ ކަމަށާއި، ނަމަވެސް ކުރަން އުޅޭ ބޭނުމެއް ސާފުނުވެ، ސަރުކާރުން ބޭނުންހާ ގޮތަކަށް ބިން ނެގުމަކީ ބޮޑު މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: