ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ގޭގައި ކަރަންޓީން ކުރަންޖެހޭ ހާލަތަށް ގޮސްދާނެ!

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ހާލަތު ބަދަލުވަމުންދާ ގޮތުން ބަޔަށް ޕޮޒިޓިވްވާ މީހުންނާއި އަދި އަލާމާތްތައް ފެންނަ މީހުން ގޭގައި ކަރަންޓީން ކުރަންޖެހިދާނެތީ އެކަމަށް ތައްޔާރުވުމަށް މިނިސްޓަ އޮފް ހެލްތު އަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ގޭގައި ކަރަންޓީން ކުރަން ޖެހުމުގެ އިތުރުން ޕޮޒިޓިވްވާ އެންމެން ވަކި ރަށެއްގައި ބައިތިއްބަން ވެސް ޖެހިދާނެ ކަމަށެވެ. އަދި އެކަމަށް ރައްޔިތުން ތައްޔާރަށް ތިއްބެވުމަށް އަމީން އެދިވަޑައިގަތެވެ.

އަމީން ވިދާޅުވީ ޕޮޒިޓިވްވެގެން އެކަހެރި ކުރާ ފަރާތްތަކާއި އަދި ކަރަންޓީންކުރާ ފަރާތްތަކާއިމެދު އަމަލުކުރާނެ ގޮތެއްގެ މަޝްވަރާ، ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ކުރަމުންދާ ފަންނީ ބޭފުޅުންނާއި، ޑޮކްޓަރުންނާއި ޕަބްލިކް ހެލްތުގެ ސްޕެޝަލިސްޓުން މެދުގައި ކުރެވެމުންދާ ކަމަށެވެ.

ކަމާއި ގުޅުންހުރި ފަންނީ ބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ކަރަންޓީންކުރާ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ޤަބޫލު ކުރެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވުމަށްފަހު ފަރުވާ ދިނުމުގެ ޙާލަތަށް ނުދާ މީހުން ދެނެގަނެ އެމީހުންނާއި ދޭތެރޭ ކަންތައްތައް ކުރާނެ ގޮތް ޑޮކްޓަރުން ނިންމަވަމުންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.

”ޕޮޒިޓިވްވާ މީހުންގެ ތެރޭގައިވެސް ބަޔަށް މީހާ ޕޮޒިޓިވްވުމަށްފަހު ފަރުވާދޭންޖެހޭ ޙާލަތަށްނުދާ އެހެންނަމަވެސް އާންމު ޙާލަތުގައި ދިރިއުޅޭ މީހުން، އެފަދަ މީހުންގެ ހާލަތު ނާޒުކުވާނެ ވަގުތު ޑޮކްޓަރުން ދެނެގަނެ ހާލަތު ނާޒުކުވުވާ ދަނޑިވަޅުގައި ފާރުދޭންޖެހޭ ހާލަތުގައި އެކަންކުރެވޭނެ ގޮތް ވަނީ ހަމަޖެހިފައި، ޕޮޒިޓިވްވާ މީހުން ވަކިތަނެއްގައި ވަކި ރަށެއްގައި ބޭއްތިއްބުމުގެ މަޝްވަރާ ކުރިއަށްދަނީ“ އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މާލެއަކީ އެތައް ބަޔަކު އެއްތަނެއްގައި ދިރިއުޅޭ ރަށެއް ކަމަށާއި އެހެންވެ ކުރިއަށްވުރެ ބޮޑަށް މިހާރުމާލެ އާއި މެދު ވިސްނަންޖެހޭ ކަމަށެވެ. އަދި ޕޮޒިޓިވްވާ މީހުންގެ އިތުރުން އެންމެ އިސްކަމެއް ދޭންޖެހޭނީ ޑައިރެކްޓް ކޮންޓެކްޓްވެ ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ކަމަށާއި އެމީހުންނާއި ދޭތެރޭގައި ވެސް އަމަލުކުރާނެ ގޮތްތަކެއް މަޝްވަރާ ކުރެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަށް ބަލި ހުރި މީހުން ދެނެ ގަންނަން ޓެސްޓް ހަދައި މީހުން އެކަހެރިކުރަން ކަމަށާއި މާލޭގައި ބަލި ފެތުރިފައިވާ ބައެއް ސަރަހައްދުތައް ފާހަގަކުރެވި، މާލޭގެ އެކި ސަރަހައްދުތަކުގައި ސާވަޔަލަންސް ޓެސްޓްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަމީން ވިދާޅުވީ ގޭގައި ކަރަންޓީން ކުރަނީ ކޮވިޑް-19 ފެތުރޭލެއް ލަސްކޮށްލުމަށްޓަކައި ކަމަށާއި އެކަމަކީ މެޑިކަލް ފެސިލިޓީއާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ. އަދި ގޭގައި ކަރަންޓީން ކުރުމާ ހަމައަށް ދާއިރު، އެ ފިޔަވަޅުތައް އަޅާނީ ނަންބަރުތަކަށް ބަލައިގެން ކަމަށް އަމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: