ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތަށް ފަހުވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެދާނެ: ޑރ.ޢަލީ ލަޠީފު

ފޮޓޯ: ހެލްތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތަށް ފަހުވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެދާނެކަމަށް ޑރ.ޢަލީ ލަޠީފު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޢަލީ ލަޠީފު ވިދާޅުވީ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތަށް ފަހުވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެދާނެކަމަށާއި، އެކަމު އެއީ ވަރަށް ކުޑަ ފުރުޞަތެއްކަމަށެވެ.

ޑރ. ޢަލީ ލަޠީފު ވިދާޅުވީ، ކޮވިޑް-19 އެންމެ ފުރަތަމަ ރާއްޖެ އަށް އިމްޕޯޓްވެގެން އައިއިރު ވެސް، ބަލި ފެތުރޭނެކަމަށް ދެންނެވިންކަމަށާއި، އެކަންވީ ވެސް އެހެން ކަމަށެވެ.

ނަމަވެސް މި ވައިރަސް ވަރަށް ބޮޑަށް ސްލޯކޮށްލެވުނުކަމަށާއި، ދިމާވި މައްސަލައަކީ މުޖުތަމަޢުގައި ބަލި ފެތުރެމުންއައިއިރު، ކޮންްޓެކްޓް ޓްރޭސިންގައި މާ ގިނަ ކޮންޓެކްޓް ހުރުންކަމަށް ވެސް ޑރ. ޢަލީ ލަޠީފު ވިދާޅުވިއެވެ.

ޑރ. ޢަލީ ލަޠީފު ވިދާޅުވީ، މި ވައިރަހަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މިދަނީ ގިނަވަމުންކަމަށާއި، ކޮމިއުނިޓީ ސްޕްރެޑް އޮތް ކަމަށްވާނަމަ، ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށާއި ޓެސްޓް ހަދާލެއް ގިނަވާނަމަ ވެސް އަދަދު އިތުރުވާނެކަމަށެވެ.

ކޮވިޑް-19 އަަށް މިއަދުވެސް 9 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، 8 ދިވެެއްސެއްގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: