ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުން އުވާލެވޭކަށް ނެތް: ހެލްތު މިނިސްޓަރު

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދަށް ނެރިފައިވާ ލޮކްޑައުން މިމަހުގެ 30 އަށް ހަމަވިޔަސް، އެހާލަތުން އުވާލެވެން ނެތް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ  މާލޭ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުން އަދި އުވާލެވޭނެ ހާލަތެއް ނެތް ކަމަށެވެ.

އަމީން ވިދާޅުވީ ކުރިއަޑް އޮތްތަނުގައިވެސް ލޮކްޑައުންގެ މުއްދަތު އިތުރުކުރަންޖެހިދާނެ ކަމަށެވެ. މި މަހުގެ 15 ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް މީހެއް މާލެއިން ފެނުމާއެކު 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކުރި އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ލޮކްޑައުންގެ ސަބަބުން ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެން ދިޔަ ކަމަށެވެ.

އަމީން ވިދާޅުވީ ހާލަތު ބަދަލުވަމުންދާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މާލޭ ސަރަހައްދުގެ ލޮކްޑައުން އުވާލެވޭނެ ފަދަ ހާލަތެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކަންކަން ވެގެންދާނެ ގޮތާއިމެދު އެއްޗެއް ވިދާޅުވަން މިވަގުތު ބޭނުންނުވާ ކަމަށް އަމީންވިދާޅުވިއެވެ.

އަމީން ވިދާޅުވީ ހާލަތު ބަދަލުވާން ވަގުތު ނަގާނެ ކަމަށާއި ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސްތެރޭގައި ލޮކްޑައުންގެ އުވާލެވޭނެ ފަދަ ހާލަތަކަށް އައިސްދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައިވެސް އެހާލަތު އަތުވެދާނެ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށް އަމީން ވިދާޅުވި އެވެ.

ސިއްހީ ނިޒާމަކަށް ނުކަތާ ވަރަށް ބަލި މީހުން އިތުރު ވިޔަ ނުދިނުމަށް ލޮކްޑައުންގެ ޙާލަތުގައި ބާއްވަންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ. އަދި މިވަގުތު އިތުރު ހަރަކާތްތަކެއް ގެނެސްފި ނަމަ، ވައިރަސް މާ ބޮޑަށް މާލެ ތެރެއަށް ފެތުރިގެން ހިނގައިދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން މިދަނީ މާލެއާއި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ވައިރަސް ފެތުރިފައިވާ ކަމަށް ދެކިގެން ކަމަށެވެ. މިހާރު ރާއްޖެއިން ކޮރޯނާ ވައިރަސް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 137 މީހުންނަށް އަރާފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: