ކޮވިޑް-19 އަށް އިތުރު 4 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 141 އަށް އިތުރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް އިތުރު ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި، އޭގެތެރޭގައި ދިވެއްސަކު ވެސް ހިމެނޭކަމަށެވެ.
މި ދިވެހި މީހާގެ އިތުރަށް ދެން ޕޮޒިޓިވްވެފައިވަނީ، އިންޑިއާގެ ދެ މީހަކާއި، ލަންކާ މީހެކެވެ.
މި ހަތަރު ކޭސްއާއެކު، މިއަދު މިހާތަނަށް ފެންމަތިވި ކޭސްތަކުގެ އަދަދު މިވަނީ 13 އަށް އިތުރުވެފައެވެ.

