މާލޭގައި ހަލުވި ކަމާއިއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ރާއްޖެއިން ބޭރުގައި ތިބި މެޑިސިން ކިޔަވާ ކުދިނ ރާއްޖެ ް ގެނައުމަށް މިހާތަނަށް ހަތަރު މިލިޔަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށް ނެޝަނަލް އިމަޖެހްސީ ސެންޓަރުން ހާމަކޮށްފިއެވެ.
ނެޝަނަލް އިމަޖެންސީ ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާ ވައިރަހާއި ގުޅިގެން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި މެޑިސިން ކިޔަވާ ކުދިން ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފިލިޕިންސްއިން 63 ކުދިން ގެނެސްފައިވާ ކަމަށާއި އަދި ނޭޕާލުން 99 ކުދިން ގެނެސްފައިވާއިރު ޕާލިސްތާނުން ހަ ކުދިން ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މި ހުރިހައި ކުދިން ގެނައުމަށް ޖުމްލަ ހަތަރު މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖެއިން ކޮރޯނާ ވައިރަހަށް ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު ވައިރަހަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 1943 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ހޯދިފައިވާ ކަމަށެވެ. އަދި 281 ތަނެއް މިހާތަނަށް މޮނިޓަރިންއަށް ގެނެސްފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން އައިސޮލޭޝަން ފެސިލީޒް ތަކުގައި 140 މީހުން އެބަތިބި ކަމަށާއި އަދި ކަރަންޓީން ފެސިލިޓީޒް ތަކުގައި 1371 މީހުން އެބަތިބިކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި 170 މީހަކު 14 ދުވަސް ހަމަވުމުން ކަރަންޓީން ފެސިލިޓީޒްތަކުން ދޫކޮށްލާފައިވާކަން ވެސް މަބްރޫކް ފާހަގަ ކުރެއްވިއެވެ.

