ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

701 ބިދޭސީއަކަށް، ފުރުމުގެ ހުއްދަދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މި ވަގުތު ތިބި 701 ބިދޭސީއަކަށް، އެ މީހުންގެ ޤައުމަށް ފުރުމުގެ ހުއްދަދީފިއެވެ.

މި ކަމާއި ގުޅިގެން އިމިގްރޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ރާއްޖޭގައި މި ވަގުތު ތިބި 701 ބިދޭސީއަކަށް، އެ މީހުންގެ ޤައުމަށް ދިއުމުގެ ހުއްދަދީފައިވާކަމަށާއި، އެ މީހުން މިހާރު ފުރާފައިވާކަމަށެވެ.

މި ގޮތުން، ހުކުރުދުވަހާއި މިއަދަށް ތާވަލުކޮށްފައިވާ އެވަކުއޭޝަން ފްލައިޓުތަކުން އެ މީހުން ފުރާފައިވަނީ، އިޓަލީވިލާތާއި، އިންޑޮނޭޝިއާއާއި، ފިލިޕީންސްއަށްކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގުރޭޝަނުން ހާމަކުރި ގޮތުގައި، އެ 701 މީހުންގެތެރެއިން ގިނަ މީހުންނަކީ، ރާއްޖޭގައި އެކިއެކި މަސައްކުރާމީހުންނެވެ.

އެ ބިދޭސީން ފުރާފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުގެ މައި ދޮރާށި ބަންދުކޮށްފައިވުމާއެކު، ރާއްޖޭގައި ގިނަ ދުވަސްތަކެއްވަންދެން މަޑުކުރުމަށް ފަހުގައެވެ.

މި 701 ބިދޭސީންގެ އިތުރަށް ވޭތުވެދިޔަ ދެތިން ދުވަހުގައި ވެސް، ރާއްޖޭގައި ތިބި ގިނަ ޢަދަދެއްގެ ބިދޭސީންވަނީ އެ މީހުންގެ ޤައުމުތަކަށް ފުރާފައެވެ. މި ގޮތުން، ބަންގްލަދޭޝްގެ އަސްކަރީ ފްލައިޓެއްގައި، އެ ޤައުމުގެ 68 ރައްޔިތަކުވަނީ ޤައުމަށް އެނބުރި ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: