ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީތަކަށް ކަމާ ގުޅޭ ފަރާތްތައް ނުގެނޭ، ބިލުތައް ފާސްކުރަނީ މަޝްވަރާއެއް ނެތި: ޒިޔާދު

އިކަރަދޫ ދާއިރާގެ މެމްބަރު މެމްބަރު ހަސަން ޒިޔާދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއެއް ނެތި ބިލުތައް ބޭނުންހާ ގޮތަކަށް ފާސްކުރަމުންދާ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ، ސަރުކާރުން ކަންކަން ނިންމަނީ ތަޖުރިބާކާރުންގެ ލަފައާއި މަޝްވަރާއާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވިނަމަވެސް އަމަލީ މައިދާނުން އެ މަންޒަރު ނުފެންނަ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ، 19 ވަނަ މަޖިލީހުގެ ކޮމިޓީގައި ވެސް ފައިސާއާއި ބެހޭ ބިލުތައް ފާސްކުރިއިރު ކަމުގެ ތަޖުރިބާކާރުންގެ ލަފައާއި އިރުޝާދު ހޯދި ކަމަށެވެ. އެހެންނަމަވެސް، މިހާރު އެ މަންޒަރު ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

”މަޖިލީހުގައި އަޅުގަނޑުވެސް އިންނަތާ މިއީ ދެވަނަ ދައުރު، މަޖިލީހުގެ ކޮމިޓީގައި އެކަމާއި ގުޅުންހުރި ފަރާތްތައް ގެނެސް އެ ފަރާތްތަކާއި މަޝްވަރާކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ދެނެގަނެ ހާއްސަކޮށް ޓެކްސް ބިލު ކަހަލަ މަނީ ބިލުތަކުގައި ބޮޑަށް ދެފަރާތުގެ ބަސް ހޯދާ،“ ޒިޔާދު

ޒިޔާދު ވިދާޅުވީ، ބޮޑެތި ބިލުތައް ފާސްކުރާއިރު ކަމާ ގުޅުން ހުރި ފަރަތްތަކުގެ ލަފާ ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މަޖިލިސް ތަޅުމުގައިވެސް ކަމާ ގުޅުންހުރި ފަރާތްތައް ބަހުސުގައި ބައިވެރިވިކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރުގެ އަތްމަތީގައި އޮވެމެ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންވެސް ބަހުސްނުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުގައި އޮންނަތާ އަހަރެއް ވެގެންދިޔަ ފަހުން، ސަރުކާރު ބަންދު ދުވަހެއްގެ ރޭގަނޑު ކުއްލި ބައްދަލުވުމެއް ބާއްވައި ބިލު ފާސްކޮށް ޖެހިގެން އައި ދުވަހު މަޖިލީހުގެ ތަޅުމަށް ފޮނުވިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ބިލު މަޖިލީހުގެ ތަޅުމަށް ގެނެވުނީ ބިލުގައި ނެތް އިތުރު ބާބަކާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މުޅި ބިލަށްވުރެ ފަހުން އެއަށް އިތުރުކުރެވުނު ބައި މާބޮޑުކަމަށެވެ. އަދި ބޮޑު ބިލެއް ފާސްކުރެވިގެން ދިޔައިރު މަޖިލިސް ތަޅުމުގައި ބިލަށް ބަހުސްކުރާނެ އިތުރު އެއްވެސް ފުރުސަތެއް ނުލިބުނުކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، މަޖިލީހުގެ މިދައުރުގައި ކޮންމެ ބިލެއް ފާސްކުރެވިގެންދާއިރުވެސް ކަން ހިނގަނީ އެހެން ކަމަށެވެ. ޤާނޫނުގެ އެއް އިސްލާހެއް ފާސްކޮށް ކޮމިޓީ މަރުހަލާގައި ސަރުކާރުން ފައިދާ ނަގާ މުޅި މަޖިލިސް ސަރުކާރުން ކޮންޓްރޯލް ކުރަމުންދާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މެމްބަރު ޒިޔާދު ވިދާޅުވީ، މިއަށްވުރެ ބޮޑަށް ކަންކަމާއި މަޝްވަރާކޮށް ހައްލެއް ލިބޭތޯ މަޖިލީހުގެ ރިޔާސަތާ ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ދައުރު ނިމިގެން ދިޔައީ އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުލިބިކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: