ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ރަހުމަތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ސިނަމާލެ ބްރިޖު ސަރަހައްދަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

”ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ“ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާ ބޭނުންކުރަން ފެށިތާ 8 އަހަރުފުރުމާއި ގުޅިގެން ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ބްރިޖަށް އަށް އަހަރު ފުރޭއިރު، މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދިން ބްރިޖު ވެގެން ގޮސްފައިވަނީ ދެ ގައުމުގައިވާ ދެމެހެއްޓެނިވި ގަދަފަދަ ރަމްޒަކަށް ކަމަށެވެ.

ސިނަމާލެ ބްރިޖަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ ވަސީލަތެއް ނޫން ކަމަށާއި އެއީ ރާއްޖެ އާއި ޗައިނާ ގުޅުވައިދޭ އިތުބާރާއި އެއްބައިވަންތަކަމުގެ ރަމްޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ޗައިނާއާއެކު އޮތް ދާއިމީ ރަހުމަތްތެރިކަން އާލާކޮށް އެކުވެރިކަން އިތުރަށް ވަރުގަދަކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.

ރައީސް ވަނީ ބުރިޖު ސަރަޙައްދަށް ވަޑައިގަންނަވާ އެސަރަޙައްދު ބައްލަވާލައްވާފައެވެ. އެގޮތުން އެސަރަޙައްދުގައި ޤާއިމުކޮށްފައިވާ ޕާކުގައި ހުރި ބުރިޖު މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިޔަ ދުވަސްވަރާއި އަދި ބުރިޖު ހުޅުވި ދުވަހުގެ ފޮޓޯތައް ބައްލަވާލައްވާފައިވެއެވެ. އެމަނިކުފާނު އެސަރަޙައްދަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ، ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއެވެ.

ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އޭރު ހައުސިން މިނިސްޓަރުކަމުގައި މިހާރުގެ ރައީސް މުއިއްޒު ހުންނެވިއިރު ހުޅުވި ބްރިޖެކެވެ.

ފަސް އަހަރު ތެރޭގައި މުޅި މަސައްކަތް ނިންމައި ބްރިޖު ރަސްމީކޮށް ހުޅުވީ 30 އޮގަސްޓް 2018 ގައެވެ.

ތިން އަހަރާއި 11 މަސް ތެރޭ ބްރިޖުގެ މަސައްކަތް ނިންމާލާ ބްރިޖު ހުޅުވިއިރު އެ ބްރިޖު ހުޅުވުން ވެގެންދިޔައީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: