ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސިޑެންޓުގައި އަނިޔާވި ކުއްޖާގެ ހާލު ސީރިއަސް!

އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: ދުވެލި
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ އަންހެން ކުއްޖާގެ ހާލު ސީރިއަސްކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުގައި ހުންނަ ވިނަރެސް 7 ވަނަ ޓަވަރު ކައިރީގައެވެ.

ސީރިއަސް ޒަހަމްތަކެއް ލިބުނު އެކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ހާލު ސީރިއަސްވުމުން އައިޖީއެމްއެޗަށް ބަދަލުކޮށް މިހާރު ފަރުވާ ދެމުން ދެނީ އައިސީޔޫގަ އެވެ.

މި ހާދިސާގައި ކުއްޖާގެ ހާލަތުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކުން ބެލިބެލުމުން އެނގުނު ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކާރަކަށް އަރަން މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ 18 އަހަރުގެ އަންހެނެކެވެ. ސައިކަލު ދުއްވި މީހާއަށް ވެސް ފަރުވާދެމުންދާއިރު ފުލުހުން ބުނީ އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް މީހެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: