ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމާއި ދެކޮޅު ޕެޓިޝަނަށް 42 ރިސޯޓެއްގެ މުވައްޒަފުންގެ ސޮއި!

ރިސޯޓު މުވައްޒަފުން ޕެޓިޝަންގައި ސޮއި ކުރަނީ/ ފޮޓޯ: ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ނުދެވޭނެކަމަށް ބައެއް ރިސޯޓުތަކުން އަންގަމުންދާތީ، އެކަމާ ދެކޮޅަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ފެށި ޕެޓިޝަނުގައި މިހާތަނަށް 42 ރިސޯޓެއްގެ މުވައްޒަފުން ސޮއިކޮށްފި އެވެ.

ބޭރު ފައިސާއާއި ބެހޭ ގާނޫނަށް ގެނައި އިސްލާހާއި އެކު ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ޖުމްލަ 40 އިންސައްތަ ބޭންކުތަކަށް މާރު ކުރަންޖެހޭ ގޮތަށް ވަނީ ލާޒިމުކޮށްފަ އެވެ.

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިސްނަގައިގެން މި ޕެޓިޝަންގައި ސޮއި ކުރަން ފެށިއިރު، ކެބިނެޓުގެ ބައެއް ވަޒީރުން ހިމެނޭ ގޮތަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަނަވަރު މުނައްވަރު ވިދާޅުވެފައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ޑޮލަރުން މުސާރަ ދިނުން މަޑުޖައްސާލުމަށް ވިސްނަމުންދާކަމަށެވެ. ސަރުކާރުގެ މި ސިޔާސަތާއި އެކު ވެސް، ޑޮލަރުން މުސާރަ ދިނުން ބައެއް ރިސޯޓުތަކުން މަޑުޖައްސާލާނެކަމަށް އޮތީ ބެލެވިފަ އެވެ.

ޕެޓިޝަންގައި ސޮއި ކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ޖަމިއްޔާގެ ފޭސްބުކްއަށް މެސެޖު ކުރުމަށް ޓީމްއިން ވަނީ އެދިފަ އެވެ. އަދި މިހާތަނަށް ސޮއި ކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތުތައް އާންމުކޮށް ކުރި ޕޯސްޓެއްގައި ޓީމްއިން ބުނީ ޕެޓިޝަން ފެށިތާ އެންމެ ދުވަހެއްގެ ތެރޭގައި ރާއްޖޭގެ އެކި ފަންތީގެ 42 ރިސޯޓެއްގެ މުވައްޒަފުން ސޮއިކޮށްފައިވާކަމަށެވެ. އަދި ލިބުނު ބޮޑު ތަރުހީބުން ދައްކުވައިދެނީ، މުވައްޒަފުންގެ އާމްދަނީ އާއި ހައްގުތައް އަދި ދިރިއުޅުމުގެ ވަސީލަތްތައް ދިފާއުކުރުމުގައި އެންމެން އެއްގަލަކަށް އަރައި ތިބި މިންވަރުކަމަށް ޓީމްއިން ވަނީ ބުނެފަ އެވެ.

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓޭ ގޮތަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވަގުތުން ހުއްޓާލުމަށެވެ.

ޓީމުން ބުނެފައިވަނީ ރިސޯޓު މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތި ކުރިމަތިވެފައިވާ ހާލަތެއްގެ ބުރަ މުވައްޒަފުން އުފުލަން ޖެހޭ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލަމުން ޓީމް އިން ވަނީ، މުވައްޒަފުންގެ އާމްދަނީއަށް އަސަރުކުރާ ފަދަ ނިންމުންތައް ނިންމަންވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: