ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިއެސްސީގައި ބައިވެރިވެވަޑައިގަތުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ވަނަ އިންޓާ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސް (އައި.އެސް.ސީ)ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ރާއްޖެ ވަޑައިގެންފިއެވެ.

މި ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ”ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން“ މި މައުޟޫއަށްވަނީ ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން، ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށްޓަކައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އ.ދ. ގެ ޗާޓަރަށް އިޙްތިރާމްކުރުމާއެކު މަޝްވަރާއަށް އިސްކަންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ގޮވާލައްވާފައެވެ. ވަކިން ޚާއްޞަކޮށް ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުމަށް މި އުޞޫލުތައް މުހިންމުކަން ފާހަގަކުރައްވައި، ކެމްބޯޑިއާގެ ތަޖުރިބާއިން އިބްރަތް ޙާޞިލުކުރުމަށާއި، ޕާލިމެންޓަރީ ޑިޕްލޮމަސީ ވަރުގަދަކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މީގެއިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަކީ ތިމާވެށީގެ އިތުރުން ޞުލްޙައާއި ހަމަޖެހުމާ ސީދާ ގުޅިފައިވާ ކަމެއްކަން ބަޔާންކުރައްވައި، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީއަކީ އެންމެންގެ ބައިވެރިވުމާއި ޒުވާނުން ބާރުވެރިކުރުވުން ހިމެނޭ ކަމަކަށް ވާންޖެހޭނެކަމަށް ވިދާޅުވިއެވެ. މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރައްޔިތުން ތަހައްމަލުކުރާ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ދެކޮޅުވެރިކަމުގެ ބަދަލުގައި މަޝްވަރާއާއި އެއްބާރުލުން އިސްކޮށްގެން ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމަށް އެންމެހައި ފަރާތްތަކަށް މަޖިލީހުގެ ރައީސް އިލްތިމާސްކުރެއްވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުންވެސް މަޖިލީހުގެ ރައީސްވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެ ސަރަހައްދުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާ، ހުރިހާ ފަރާތްތަކަކުން ވެސް މަޝްވަރާގެ މަގު އިހުތިޔާރުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި ހުރިހާ ރައްޔިތުންގެ ހައްގުތަކަށް ކަށަވަރުކުރެވޭ ފަދަ އިންސާފުވެރި، ފުރިހަމަ އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން، ހަމަނުޖެހުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށާއި ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރުމަށް ގާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިން އަލުން އަޒުމް ކަނޑައެޅުއްވުމަށް މަޖިލީހުގެ ރައީސް އިލްތިމާސްކުރެއްވިއެވެ. ބައިބައިވުމުގެ ބަދަލުގައި މަޝްވަރާކުރުމަށާއި، ބާރުގެ ބަދަލުގައި ހަރުދަނާ ގާނޫނުތައް ހެދުމަށާއި، އަދި ދެކޮޅުވެރިކަމުގެ ބަދަލުގައި އެއްބާރުލުން އިސްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ސުލްހައާއި، ހަމަޖެހުމާއި، އެންމެންގެ ކުރިއެރުން ހިމެނޭ މުސްތަގުބަލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ، މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވެިއެވެ.

އައި.އެސް.ސީއަކީ، ޞުލްޙައާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ހަމަނުޖެހުންތައް ޙައްލުކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްއެކެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އޮގަސްޓް 26 އިން 28 ގެ ނިޔަލަށް އެ ޤައުމުގެ ވެރިރަށް ފްނޮމް ޕެންގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: