ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައި ހުރި ބަލްކް ކުނިތައް ނަގާ ސާފުކޮށްފި

ފޮޓޯ: މަޖިލިސް މާލެ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގެ މަގުތަކާއި އެކި ސަރަހައްދުތަކަށް އުކާލައި، ގިނަ ދުވަސްތަކެއް ވަންދެން ޖަމާކޮށްފައި ހުރި ބޮޑެތި ކުނިތައް ނަގައި، އެ ސަރަހައްދުތައް ސާފުކުރުމުގެ ބޮޑު ހަރަކާތެއް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.

މި މަސައްކަތުގެ ދަށުން ވިލިމާލޭގެ އެކި މަގުތަކުގެ ކަންމަތީގައްޔާއި، ހުސް ބިންތަކުގައި ގިނަ އަދަދަކަށް ޖަމާވެފައި ހުރި ބާ ފަރުނީޗަރާއި، ލަކުޑި އަދި އިމާރާތްކުރުމަށް ބޭނުންކޮށްފައިވާ ބާވަތްތަކުގެ ބޮޑެތި ކުނިތައް ވަނީ އެއްކޮށް ނަގައި ސާފުކޮށްފައެވެ. މި ހަރަކާތަކީ ވިލިމާލޭގެ ވެށި ސާފުތާހިރުކޮށް، ރީތިކޮށް ބޭއްވުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މުޅި މާލެ ސިޓީ އަދި ހާއްސަކޮށް ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށެވެ. އަދި މަގުތަކަށާއި އާންމު ތަންތަނަށް ކުނި ނޭޅުމަށާއި، ކުނި އުކާލުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް މޭޔަރ ޢާޒިމް ވާނީ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ.

މިފަދަ ހަރަކާތްތަކުން އެނގި ހާމަވަމުންދަނީ، މާލެ ސިޓީގެ ރައްޔިތުންގެ ހިތްހަމަޖެހުމާއި، ފަސޭހައާއި، ލާބައާއި މަންފާއަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގައި، މޭޔަރ ޢާޒިމްގެ ތަރައްޤީގެ ދުރުމި، ވިލިމާލެއަށް ވެސް ވަރަށް ބޮޑަށް އަމާޒުވެފައިވާ ކަމެވެ.

މާލެ ސިޓީގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތައް ހައްލުކޮށްދިނުމަށް ކައުންސިލުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: