ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯއަށް އެކަނި ސަބްސިޑީ ދިނުމަކީ ވިޔަފާރިތައް ހަލާކުކުރުންކަމަށް ބުނެ ހުށަހެޅި މައްސަލަ ކޯޓަށް

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސަރުކާރުގައި މިފްކޯއަށް އެކަނި މާލީ އެހީތެރިކަން ދީގެން މަސް ގަންނަ އަގު އުފުލުމަކީ އަމިއްލަ ވިޔަފާރިތައް ހަލާކުކޮށްލަން ކުރި ކަމެއްކަމަށް ބުނެ އެންސިސް ފިޝަރީޒުން ހުށަހެޅި މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ސިވިލް ކޯޓަށް އަމުރުކޮށްފިއެވެ.

މަހުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެންސިސް ކުންފުނިން، ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް މި މައްސަލަ އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅީ މި އަހަރުގެ ފެބްރުއަރީ މަހުގެ 25 ގައެވެ. ނަމަވެސް މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިދިޔަ ޖުލައި މަހު މައްސަލަ ބޭރުކޮށްލުމުން، އެންސިސްއިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

ހައިކޯޓުން މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައިގައި ގޮތެއް ކަނޑައެޅޭނީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ލިބޭ ސިޔާދަތީ އިސްތިސްނާއެއް މިކަމުގައި އޮތްތޯ ދެފަރާތުގެ މެދުގައި ޝަރީއަތުގައި ބަހުސްކުރެވިގެންކަމަށް ވެސް ހައިކޯޓުގެ ނިންމުމުގައި ވަނީ ބުނެފަ އެވެ.

އެންސިސްއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، 16 ސެޕްޓެމްބަރު 2023 ގައި، ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރީ ހަމައެކަނި މިފްކޯއަށް ސަބްސިޑީ ލިބޭ ގޮތަށް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ބާޒާރުގެ ރޭޓަށްވުރެ ބޮޑު އަގުގައި މަސް ގަތުމަށްފަހު މިފްކޯއަށް ވާ ގެއްލުން ސަރުކާރުގެ ބަޖެޓުން ފޫބައްދައިދިން ނަމަވެސް، އަމިއްލަ ކުންފުނިތަކަށް އެ އެހީތެރިކަން ނުލިބުމަކީ ވާދަވެރި ވިޔަފާރިތައް ނައްތާލުންކަމަށް އެންސިސްއިން ބުނެ އެވެ.

އެހެންކަމުން އެންސިސްއިން ވަނީ، ސަރުކާރުގެ މި ނިންމުމަކީ ވިޔަފާރީގެ ވާދަވެރިކަން ނައްތާލުމުގެ އަމަލެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށާއި، މަހުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އެ ކުންފުންޏަށް މަސްވެރިންނަށް ދައްކަންޖެހުނު އިތުރު ފައިސާ ދައުލަތުން ނަގައިދިނުމަށް އެދިފައެވެ. އަދި މި މައްސަލައިގެ ސަބަބުން ކުންފުންޏަށް ލިބުނު އެންމެހާ މާލީ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް ވަކިން ދައުވާ ކުރުމުގެ ހައްގު އޮތްކަމަށް ކަނޑައަޅައިދިނުމަށް ވެސް ވަނީ އެދިފައެވެ.

މި މައްސަލަ ކޯޓުގައި ބެއްލެވީ ފަނޑިޔާރު ހުޒެއިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ގެ އިތުރުން ފަނޑިޔާރު އަބްދުލްމާނިއު ހުސެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: