ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިކެއާގެ ލޮލުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޓީމަށް ޑރ. ސޯފިޔާ މަކަޖޫ ގުޅިވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ފޯރުކޮށްދިނުމަށް އައިކެއާ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ހޮސްޕިޓަލުގެ ލޮލުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޓީމާ ޑރ. ސޯފިޔާ މަކަޖޫ ގުޅިވަޑައިގެންފިއެވެ.

ޑރ. ސޯފިޔާއަކީ ލޮލުގެ ބަލިތައް ދެނެގަތުމާއި، އެކި ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ލޮލުގެ އޮޕަރޭޝަންތައް ކުރުމުގެ ފަންނީ ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން މަނީޕާލް ކޮލެޖް އޮފް މެޑިކަލް ސައިންސަސް އިން މާސްޓާ އޮފް ސާޖަރީ (އެމް.އެސް) އިން އޮފްތަލްމޮލޮޖީ ގެ އިތުރުން ނޭޕާލްގެ ޕޮކަރާގައި ހުންނަ ހިމާލަޔަން އައި ހޮސްޕިޓަލުގައި ’ފެލޯޝިޕް އިން އެންޓީރިއާ ސެގްމަންޓް‘ ވެސް ވަނީ ފުރިހަމަކުރައްވާފައެވެ.

ޚާއްޞަ ތަމްރީނުތަކުގެ ތެރެއިން ޑރ. ސޯފިޔާ ވަނީ ކަތުމަންޑޫގެ ތިލްގަންގާ އިންސްޓިޓިއުޓް އޮފް އޮފްތަލްމޮލޮޖީގެ ސަބްސްޕެޝަލިޓީ ދާއިރާތަކުން ތަޖުރިބާ ހޯއްދަވާފައެވެ. މީގެ އިތުރުން ހިމާލަޔަން އައި ހޮސްޕިޓަލުގެ ޚާއްޞަ ކްލިނިކްތަކާއި އޮޕަރޭޝަން ތިއޭޓަރުތަކުގައި އަމަލީ ތަމްރީނުތައް ފުރިހަމަކުރައްވާފައިވެއެވެ.

ލޮލުގެ ބަލިތަކުގެ ތަމްރީނު ފުރިހަމަކުރެއްވުމުގައި ދެއްކެވި ފާހަގަކޮށްލެވޭ ނަތީޖާއަށްޓަކައި، ޑރ. ސޯފިޔާއަށް ވަނީ ’ޕްރޮފެސަރ ޑރ. ރާމް ޕްރަސާދު ޕޮކަރޭލް (އާންކާ ބާ) އެން.އޯ.އެސް ވައި.އޯ ބެސްޓް ރެސިޑެންޓް އެވޯޑް 2025‘ ލިބިވަޑައިގެންފައެވެ.

ޑރ. ސޯފިޔާ އައިކެއާގެ ޓީމާ ގުޅިވަޑައިގަތުމަކީ، ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އައިކެއާއިން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެކެވެ.

ޑރ. ސޯފިޔާ ބައްލަވާނީ މާލޭގައި ހުންނަ އައިކެއާ ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭގައި ހުންނަ އައިކެއާ ހޮސްޕިޓަލް އެނެކްސްގައެވެ. ޑރ. ސޯފިޔާއަށް އަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އައިކެއަރ ހޮސްޕިޓަލުގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ 7201026 އަށް ވަޓްސްއަޕް ނުވަތަ ވައިބަރ މެދުވެރިކޮށް އެޕޮއިންޓްމަންޓް ބުކް ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: