މުޖުތަމައުގެ ތެރޭގައި ކޮރޯނާ ވައިރަސް، ފެތުރިގެން ގޮސްފައިވާ މިންވަރު ބެލުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން ނެގި ސާމްޕަލްތަކުގެ ތެރެއިން ރެޑަމް އ ސާމްޕަލްއެއް ޕޮޒިޓިވްފެފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރެންޑަމް ސާމްޕަލްތަކުން އެކަކު ޕޮޒިޓިވް ކަމަށެވެ. އަދި މި މަސައްކަތް މިހާރު އިތުރަށް ފުޅާ ކުރެވިފައިވާއިރު، ރެންޑަމް ސާމްޕަލްސްތަކުން އިތުރު ބަޔަކު ބައްޔަށް ޕޮޒިޓިވް ވުން އެކަށީގެންވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރެންޑަމް ސާމްޕަލްތައް ނަގަން ފަށާފައިވަނީ މި ހަފްތާގެ ތެރޭގައެވެ. މީގެ ބޭނުމަކީ، މާލޭގެ ތެރޭގައި ބަލި އޮތް މިންވަރު ދެނަގަތުމެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމެވެ.
”ރެންޑަމް ސާމްޕްލިންގ އިން އަދި އެންމެ ބޭފުޅަކު ވަނީ ޕޮޒިޓިވްވެފަ. އެހެން ނަމަވެސް އެއީ ވަރަށް ފުޅާކޮށް ކުރެވޭ ކަމަކަށް ވާތީ އަޅުގަނޑުމެން އެކްސްޕެކްޓް ކުރަން އިތުރު ފޯކަސްތައް އޭގެ ތެރެއިން ފެނިގެން ދިއުން“ ޑރ. އަފްޒަލް
ރާއްޖޭން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 277 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި، 152 ބިދޭސީންނެވެ.

