ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަަސް: ރާއްޖޭގެ ފުރަތަމަ މަރު މާލެއިން

ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވް ވާ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އެއީ އައިމިނަތު އާދަމް ކިޔާ އަންހެނެކެވެ. އޭނާ ނިޔާވީ މިއަދު އިރުއޮއްސުނު ހާއިރުއެވެ. 

ނެޝަނަލް އިމަޖެންސީ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މަރުވި އާމިނަތު އާދަމަކީ މިބައްޔަށް ޕޮޒިޓިވްވި ކޭސް ނަންބަރު 126އާ ސީދާ ގުޅުންހުރި މީހެއެއްކަމަށާ، އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެޢާއިލާގެ މެންބަރުންކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އާމިނަތު އާދަމްގެ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 27ވަނަ ދުވަހުގެ ދަންވަރުކަމަށާ، ސާމްޕަލްގެ ނަތީޖާ ލިބުނިިއިރު އޭނާވަނީ މަރުވެފައިވާކަަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މިރޭ އިރުއޮއްސުނުއިރު އާމިނަތު އާދަމަށް ނޭވާލާން އުނދަގޫވެގެން އޭނާ ހޮސްޕިަޓަަލަށް ގެންދިއޔައިރުވެސް ވަނީ މަރުވެފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އާމިނަތު އާދަމްގެ ކަށުކަމާ ކެމީގެ ކަންކަމާއި ވަޅުލުން ދީނީ ޢިލްމުވެރިންގެ މަޝްވަރާގެ މަތިން ކުރިއަށްގެންދާނީ މިކަމުގެ ތަމްރީން ލިބިފައިވާ ސިފައިންކަމަށް ހެލްތު މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: