މާލެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވި އިންދިރާގަންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ދެ މުވައްޒަފަކު ކަރަންޓީން ކޮށްފައުވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
ނެޝަނަލް އިމަޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލެތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ އައިޖީއެމްއެޗްގެ ދެ މުވައްޒަފުން ކަރަންޓީން ކުރި ނަމަވެސް އެ މުވައްޒަފުންނާއި ޑައިރެކްޓް ކޮންޓެކްޓްވީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ކޮން ޕޭޝެންޓަކާއިކަން އަދި މިހާތަނަށް ސާފްވެފައި ނުވާ ކަމަށެވެ.
މިނިސްޓަރ އަމީން ވިދާޅުވީ އައިޖީއެމްއެމްޗްގެ ދެ މުވައްޒަފުންނާއި ކޮމްޓެކްޓްވީ ކޮވިޑަށް ޕޮޒިޓިވްވިވި ކޮން ޕޭޝެންޓަކާއިތޯ ސާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މުވައްޒަފުން ކަރަންޓީން ކޮށްފައި ވަނީ ކޮންއިރަކު ކަމެއް މިނިސްޓަރ އަމީން ހާމަކޮށްފައެއް ނުވެއެވެ.
އައިޖީއެމްއެޗްގެ ދެ މުވައްޒަފަކު ކިވިޑްއަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެގެން ކަރަންޓީން ކޮށްފައިވާއިރު ކޮރޮޏާ ވައިރަހަސް ޕޮޒިޓިވްވި ފަސް މީހަކަށް ދަނީ އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ކޮރޯނާ ވައިރަސް ޖެހިގެން މާލެއިން މަރުވި މީހާއަށް ފައުވާ ދިން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ސަލަމާތީ ގޮތުން ބޭނުން ކުރަން ޖެހޭ ސާމާނު ބޭނުން ކޮށްފައި ނުވާ ކަމުގެ މައުލޫމާތުތަކެއް ވެސް ވަނީ ފެތުރިފައެވެ.

