ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިރުދައްކައިގެން ޑޮލަރުގެ މައްސަލައެއް ހައްލެއް ނުވާނެ، ވިޔަފާރިތައް ދަނީ ބަނގުރޫޓުވަމުން: އިލްޔާސް

އައްޑޫ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރިވެރިންނަށް ބިރުދައްކައިގެންނާއި ގަދަބާރުން ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުނުކުރެވޭނެ ކަމަށާއި، ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޑޮލަރެއްގެ މިހާރު ހުރި މިންވަރަށް ވުރެ އެތައް ގުނައެއް އިތުރުވެގެން ގޮސްދާނެކަމަށާއި، މި މައްސަލަ ހައްލުކުރުމުގެ އެއްވެސް ގާބިލުކަމެއް މި ސަރުކާރުގައި ނެތުމުން އޮތް ހަމައެކަނި ހައްލަކީ ވެރިކަން ބަދަލުކުރުންކަމަށް ކަމަށެވެ.

އިލްޔާސް ވިދާޅުވީ، ރާއްޖޭގައި މިހާރު ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވަނީ އިގްތިސާދުގައި ބްރޯޑް މަނީ ނުވަތަ ދިވެހި ފައިސާ ދައުރުވާ މިންވަރު އިންތިހާއަށް އިތުރުވެފައި އޮތުމުން ކަމަށެވެ. އެގޮތުން، ރާއްޖެއަށް ލިބޭ ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލުކުރުމަށްފަހު ވެސް، އިގްތިސާދުގައި އިތުރު 80 ބިލިއަން ރުފިޔާ ދައުރުވަމުންދާކަމަށާއި، މިއީ ގާތްގަނޑަކަށް 5.2 ބިލިއަން ޑޮލަރުގެ ޝޯޓޭޖެއްކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި އިގްތިސާދަށް މި ފައިސާތައް ނުކުތީ އެމްއެމްއޭ އާއި ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމާއި، ބޭންކުތަކުން އާންމު ރައްޔިތުންނަށް ލޯނު ދޫކުރުމަށް ހުރި ފައިސާ ސަރުކާރުން ނަގައިގެން މާކެޓަށް ދޫކުރުމުގެ ސަބަބުންނެވެ. އަދި މި ފައިސާ އަނެއްކާވެސް ޑޮލަރު ހޯދުމަށް ދައުރުވަމުންދާތީ، ޑޮލަރުގެ އަގު 27، 28 ނުވަތަ 30 ރުފިޔާއަށް އަރައިގެންދާނެ ހާލަތެއް އަތުވެދާނެކަމަށް އިލްޔާސް ވިދާޅުވި އެވެ.

މީގެއިތުރުން، ސަރުކާރުގެ ކުންފުނިތައް ކަމަށްވާ އެމްއޭސީއެލް އާއި އެޗްޑީސީން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށާއި، އެސްޓީއޯއިން މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރު މިއަދު އެ ކުންފުނިތަކުގައި ނެތްކަމަށް އިލްޔާސް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ގަދަބާރާއި ބިރުދެއްކުމުގެ ތެރެއިން ވިޔަފާރިވެރިންގެ ޑޮލަރު އަތުލައިގެން އެ ކުންފުނިތަކަށް ދިނުމަށްކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އިލްޔާސް ވިދާޅުވީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ފަދަ ޓެކްސްތަކުގެ އިތުރުން މަޖުބޫރުކޮށްގެން ޑޮލަރު މާރުކުރުވުމުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓު ވެގެންދާނެ ކަމަށެވެ.

ބޭންކުތަކުގެ ކާޑު ލިމިޓްތައް ކުޑަކުރުމުން، ގޭގައި ތިބެގެން އޮންލައިންކޮށް ކުދިކުދި ވިޔަފާރިކޮށްގެން އާމްދަނީ ހޯދަމުންދިޔަ އެތައް އާންމު ރައްޔިތުންނެއްގެ ވިޔަފާރި މިއަދު މިވަނީ އެއްކޮށް ހުއްޓިފައި. ފިހާރަތަކާއި ގުދަންތައް ކުދިވެ، ވިޔަފާރިތައް ބަނގުރޫޓުވަމުންދާތަން ސާފުކޮށް އެބަ ފެނޭ

އިގްތިސާދީ މި ހީނަރުކަމުން އަރައިގަތުމަށްޓަކައި ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ލޯނުތައް ރީސްޓްރަކްޗާކޮށް، ގްރޭސް ޕީރިއަޑް އިތުރުކުރަން ޖެހޭކަމަށް ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ ބޭނުމަށް ޕޭރޯލް ބޮޑުކޮށް، ކޮރަޕްޝަނައި އިސްރާފު އިތުރު ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: