ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރުވެސް ރާއްޖެއަށް އިންވެސްޓަރުން އާދޭ، އިދިކޮޅުން ދައްކާ ވާހަކައިގައި ހަގީގަތެއް ނެތް: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ކާށިދޫ ދާއިރާގެ މެމްބަރުން އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައިކަމަށާއި މިހާރުވެސް ރާއްޖެއަށް އިންވެސްޓަރުން އަންނަމުންދާކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޖާބިރު ވަނީ، ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންނުވާކަމަށް އިދިކޮޅުން ބުނަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވާފައެވެ.

ޖާބިރު ވިދާޅުވީ، ކޮންމެ މީހަކަށް ވެސް އެކި ކަހަލަ ވާހަކަ ދެއްކިދާނެ ކަމަށެވެ. އެގޮތުން ސަރުކާރު އޮތީ ބަނގުރޫޓުވެފައިކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށާއި، މި ސަރުކާރުން ވަނީ ދަރަނި ދައްކައި ހަލާސްކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ބައެއް ކަންކަމަކީ ޤާނޫނުތަކަށް ބަދަލު ގެނެސްގެން ކުރެވިދާނެ ކަންތައްތައް ކަމަށާއި، އެގޮތުން ”ޕާލް ރެސިޑެންސް ވިސާ“ އަކީ ވެސް އެފަދަ މަސައްކަތެއް ކަމަށެވެ.

މިސަރުކާރުން ދަރަނި ދައްކައިފި ނޫންތޯ؟ މިސަރުކާރަކީ ގުޑް ޕޭ މާސްޓަރެއްނޫންތޯ؟ މިސަރުކާރަށް ބޭނުންވާ ވަރަށް ވަސީލަތްތައް ޤާއިމު ކުރަމުން އެދަނީ. މިހާރު އެއްވެސް އައުޓް ސްޓޭންޑިން ލޯނެއް ޕޭނުކޮށެއްނެތް

ޖާބިރު ވަނީ ސަރުކާރާއި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި މިހާރު ހިންގަމުންދާ ބައެއް ޕްރޮޖެކްޓުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މީގެ ކުރިން ނުހިނގާ، ބިލިއަން ރުފިޔާގެ އެތައް ޕްރޮޖެކްޓެއް މިހާރު ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރުގެ ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތަށް ބަލައިލި ކަމުގައި ވިޔަސް މި ސަރުކާރުން ވަނީ އެ ދާއިރާ ވެސް އިތުރު ހަރުފަތަކަށް ގެންގޮސްދީފައި ކަމަށެވެ. އަދި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުތައް މިހާރު ވެސް ކުރިއަށްދާކަމަށާއި، އެހެންނަމަވެސް އޭގެ ނަތީޖާ ފެންނަން ވަގުތު ނަގާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން ޖާބިރު ވަނީ އިދިކޮޅު ފަރާތްތަކަށް މި ކަންކަން ނޭނގެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

އެބޭފުޅުންނަށް މިކަހަލަ ކަންކަން ނޭނގެނީ ވީއްވެބާއޭ އަޅުގަނޑު މިހިތައް އަރަނީ. ކުޑަކޮށް ލޯންޗެއްގަ ނަމަވެސް ސީ ޕްލޭނެއްގައި ދުއްވާލަންވީ ނޫންތޯ ރާއްޖޭގައި މިވަގުތު ހިނގަމުންދާ ޕްރޮޖެކްޓްތައް ބަލާލަން

ޖާބިރުގެ ވާހަކައިގައި، ބޭރުގެ އާ އިންވެސްޓަރުން ވެސް މި ވަގުތު ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކަން ގަބޫލުނުކުރާ ނަމަ، ރައީސް މުއިއްޒަށް ދަންނަވައިގެން، މިހާރު ރާއްޖޭގައި ހިންގަމުންދާ އެކި ވަރުގެ ޕްރޮޖެކްޓުތަކުގެ ލިސްޓެއް އާންމު ވެސް ކުރަންޖެހޭ ކަމަށެވެ.

މީގެއިތުރުން، އެކި ސިނާއަތްތަކަށް ވަކިވަކިން ބަލައިލި ނަމަވެސް ރައްޔިތުންނަށް އޮތީ ހިތްހަމަޖެހުމާއި އުފާވެރިކަންކަމަށާއި، ކުރިއަށް އޮތް ތަނުގައި މުސްތަގުބަލު އުޖާލާވެ ފާގަތިވެގެންދާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވެފައިވާއިރު، ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންނުވާ ކަމަށާއި، މިހާރުގެ ހާލަތަށް ބަލާއިރު ދައުލަތުގެ ރިޒާވްގައި ހުރީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މި އަހަރު ނިމިގެންދާއިރު ލޯނު ދައްކާނެ ފައިސާއެއް ވެސް ސަރުކާރުގައި ނެތްކަމަށާއި، މިއީ ބޭރުގެ ފަރާތްތަކުން އިންވެސްޓު ކުރަން ބޭނުންނުވާ މައިގަނޑު ސަބަބުކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: