ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރީ ޓޮޕް ކުރިއަށް އޮތް ދެ ދުވަސް ތެރޭ ކޮވިޑަށް ހާއްސަ، މަސައްކަތް ކުރިއަށް ގެންދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން

އައިޖީއެމްއެޗްގެ މެޑިކަލް ޑިރެޖްޓަރ ޑރ އަލީ ނަޒީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހަމަޖެހިގެންދާނެ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ. 

ނެޝަނަލް އިމަޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން  އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ ކޮވިޑްއަށް ޕޮޒިޓިވްވާ މީހުންނަށް ޓްރީ ޓޮޕް ބޭނުން ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާނީ ޓްރީ ޓޮޕްއާއި އައިޖީއެމްއެޗްއާއި ގުޅިގެން ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. 

އެގޮތުން ޑރ އަލީ ނަޒީމް ވިދާޅުވީ ޓްރީ ޓޮޕް އިން އިންޓެންސިވް ކެއަރ ގައި ބޭނުން ކުރުމަށް 100 އެނދު ލިބޭނެ ކަމަށާއި އަދި 60 ޖެނަރަލް ބެޑްސް ހަމަޖެހިގެންދާނެ ކަމަށެވެ. ނަމަވެސް ފުރަތަމަ ފިޔަވަހީގައި ހަމަޖެހިގެން ދާނީ އައިސީޔޫގެ 15 އެނދާއި،30 ޖެނެރަލް އެނދު ކަމަށެވެ. 

”ފުރަތަމަ ފޭސްގައި ބޭނުންކުރާނީ، އައިސީޔޫ 15 ބެޑާއި އަދި 30 ޖެނެރަލް ބެޑު ބޭނުންކުރާނީ. ދެން ފޭސް ބީ، ސީ، ޑީގެ ދަށުން ޖުމްލަ 100 އައިސީޔޫ ބެޑާއި 60 ޖެނެރަލް ބެޑު“

ޑރ އަލީ ނަޒީމް ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ޓްރީ ޓޮޕްއަށް ގެންދެވޭ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދެމުން ގެންދާނީ ޓްރީ ޓޮޕްގެ މެނޭޖްމެންޓާއި އެ ހޮސްޕިޓަލުގެ ސްޓާފުން ކަމަށެވެ. އަދި އޭގެ ފަހުން އެހެން ފިޔަވަހިތަކުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން މުވައްޒަފުން ޓްރީ ޓޮޕަށް ބަދަލު ކުރެވޭނެ ކަމަށް ޑރ އަލީ ނަޒީމް ވިދާޅުވިއެވެ. 

ޑރ ވިދާޅުވީ ކޮވިޑްއަށް ފަރުވާ ދޭން ފެށުނީއްސުރެ ޓްރީ ޓޮޕްއާއި އެކު ދިޔައީ މަޝްވަރާ ކުރަމުން ކަމަށާއި ސަބަބަކީ އެއް ދުވަހުން އަނެއް ދުވަހަށް ކޮވިޑްއަށް ޕޮޒިޓިވްވާ މީހުން ގިނަވަމުން ދިއުން ކަމަށާއި އެހެން ކަމުން ގިނަބަޔަކު އެޑްމިޓްކޮށްގެން އައިސީޔޫގައި ވެސް ފަރުވާ ދޭން ޖެހުމަކީ ވަރަށް ގާތުގައިވާ ކަމެއް ކަމަށް ޑރ ވިދާޅުވިއެވެ. 

މީގެއިތުރުން ޑރ އަލީ ނަޒީމް ވިދާޅުވި ގޮތުގައި  މިވަގުތު ކޮވިޑްގެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެކަމަށް ހާއްސަކޮށްފައިވާތަނުގައެވެ. އެގޮތުން އެތަނުގައި 10 އައިސީޔޫ އެނދު ގާއިމުކޮށްފައިވާކަން ޑރ ފާހަގަ ކުރެއްވިއެވެ. 

ޑރ. އަލީ ނަޒީމް ވިދާޅުވީ މިބަލި ފެތުރޭ މިންވަރަށް ބަލާއިރު ރާއްޖޭގައި އެންމެ ޕީކަށް ދާއިރު ބޭނުންވާނެ ކަމަށް ބެލެވެނީ 4130 އޮކްސިޖަން ސިލިންޑަރު ކަމަށެވެ. އެއީ ޔޫސް 1000 ސިލިންޑަރާއި ފިލިންގައި 1000 ސިލިންޑަރު އަދި ޓްރެވަލްގައި 1000 ސިލިންޑަރުގެ ރޭޓުން ބަލައިގެން ކަމަށް ވިދާޅުވި އެވެ. އެގޮތަށް ބަލައި މި ސަޕްލައިތައް މެއިންޓެއިން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެިއިތުރުން  ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު ޑރ. މުހައްމަދު އިސްމާއިލް ވަނީ އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުންއަންނަ ކޮވިޑް-19ގެ ބަލި މީހުންގެ ތަފްސީލްތައް ހިއްސާކުރައްވައިފަ އެވެ. އެގޮތުން ޑީއެޗް-11 ގައި ފަރުވާދެމުން އައި ހަ މީހުންގެ ތެރެއިން އެކަކުގެ ހާލު ރަނގަޅުވެ ޑީއެޗް-17 އަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު އެމީހާގެ ހުރީ ހަމައެކަނި ލިވާގެ މައްސަލައެއް ކަމަށާއި ކޮވިޑް-19 އަށް ކުރި ޓެސްތުގެ ތެރެއިން އެއް ޓެސްޓު ނެގެޓިވްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ ވިދާޅުވި ގޮތުގައި މި މީހާ ބަދަލުކުރުމާ އެކު މިހާރު ޑީއެޗް-11 ގައި ފަރުވާދެމުން އަންނަނީ ފަސް މީހުންނަށެވެ. އެއީ އުމުރުން 88 އަހަރުގެ ފިރިހެންނަކާއި، 49 އަހަރުގެ ފިރިހެނަކާއި، 58 އަހަރުގެ އަންހެނަކާއި، 80 އަހަރުގެ ފިރިހެނެއްގެ އިތުރުން، 70 އަހަރުގެ ފިރިހެނެކެވެ.

މީގެ ތެރެއިން 80 އަހަރުގެ މީހާ އެޑްމިޓްކުރިތާ 12 ދުވަސްވެފައިވާއިރު އެމީހާގެ ހާލަތު ގޯސްވެފައިވާ ކަމަށް ވިދާޅުވި އެވެ. މި މީހާއަކީ ވަރަށް ބައިވަރު އެހެން މެޑިކަލް ކޮންޑިޝަންތަކަކާ އެކު އެޑްމިޓް ކުރި މީހެއް ކަމަށް ވިދާޅުވި އެވެ. އަދި އެ މީހާ އެޑްމިޓްކުރި ފަހުން އޭނާއަށް ބެކްޓީރިއަލް ނިއުމޯނިއާ ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: