މާލޭގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ނެގި ސާމްޕަލްތަކުން އިތުރު 23 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ބައެއް ސާމްޕަލްސް ތަކުގެ ނަތީޖާ ލިބިފައިވާތީ، އެޗްޕީއޭއިން އެ މައުލޫމާތުތައް ހިއްސާކޮށް ބުނެފައިވަނީ މިއަދު ބައްޔަށް ޕޮޒިޓިވްވީ 17 ދިވެހިންނާއި، ބަންގްލަދޭޝްގެ 4 މީހަކާއި، އިންޑިއާ އަދި ނޭޕާލްއަށް ނިސްބަތްވާ އެކަކު ކަމަށެވެ.
މި އަދަދުތަކާއި އެކު، މިރޭ 07:00 ޖެހުމާއި ހަމައަށް ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 514 އަށް އަރައެވެ.
ރާއްޖޭގައި ބައްޔަށް ޕޮޒިޓިވް ވިދޭސީންގެ އަދަދު 340 އަށް އަރައެވެ. އަދި ދިވެހިންގެ އަދަދު 174 އަށް އަރައެވެ. މިހާތަނަށް ހިއްސާކޮށްފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ނަތީޖާ ނުލިބި ޕެންޑިންގައި 283 ސާމްޕަލްއެއް އެބަހުއްޓެވެ.
މިއަދު މާލޭގެ އިތުރުން ދެން، ބައްޔަށް ޕޮޒިޓިވް މީހުން ފެނިފައިވަނީ ތަކަންދޫއިންނެވެ. އެ ރަށުން ތިން މީހަކު ބައްޔަށް ޕޮޒިޓިވް އެވެ. އަދި މަނަދޫއިން ވެސް މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ އިތުރުން، ހއ. އުލިގަމާއި، ނ. މިލަންދޫ އަދި ނަރުދޫ އޭގެ ތެރޭގައި ހިމެނެއެވެ. މި ހުރިހާ ރަށްތަކެއް ވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައެވެ.

