ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފަކު ބައްޔަށް ޕޮޒިޓިވްވެފައި ވާތީ، އެސްޓީއޯ ސުޕަމާޓާއި ގުދަން މިރޭ ޑިސްއިންފެކްޓު ކުރާނެ: މަބްރޫކް

މުވައްޒަފަކު ޕޮޒިޓިވްވުމާއި ގުޅިގެން އެސްޓީއޯގެ ބައެއް ތަންތަން މޮނީޓަރިންއަށް - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ މުވައްޒިފަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ކުންފުނީގެ ފިހާރަތަކާއި ބައެއް ސެންޓަރުތައް މޮނިޓަރިންގެ ހާލަތަށް ގެނެސް، ބައެއް ތަންތަން ޑިސްއިންފެކްޓު ކުރުން މިރޭ ކުރިޔަށް ގެންދާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މި ކޭސްއާއި ގުޅިގެން އެސްޓީއޯގެ ފިހާރަތަކާއި ބައެއް ސެންޓަރުތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ، ޕޮޒިޓިވް ވި މީހާއަކީ އެސްޓީއޯގެ ލޭބާ ކުއާޓަރުގައި ދިރިއުޅެމުން ދާ މީހެއް ކަމަށެވެ.

ކޭސްއާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނައީ، އެސްޓީއޯ ސުޕަމާކެޓް، އެސްޓީއޯ ޓްރޭޑް ސެންޓަރު އަދި އެސްޓީއޯ ލޭބާ ކުއާޓާއެވެ. އެއީ މާފަންނު އަމީނީ މަގުގައި ހުންނަ ކުއާޓާއެވެ. މަބްރޫކް ވިދާޅުވީ، މިހާރު އެސްޓީއޯ ސުޕަމާކެޓާއި، އެ ފިހާރައިގެ ގުދަން ޑީކޮންޓަމިނޭޓް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެ މަސައްކަތް މިރެއަށް ނިންމާލާ އާއްމު ހާލަތަކަށް ގެނެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެސްޓީއޯގެ މުވައްޒަފު، ބައްޔަށް ޕޮޒިޓިވްވުމާއި އެކު، އެ ކުންފުނިން ވަނީ އޮންލައިންކޮށް ވިޔަފާރި ކުރުމަށް ”އެސްޓީއޯ އީ-ސްޓޯ“ ގެ ހިދުމަތް މެދުކަނޑާލާފައެވެ. ނަމަވެސް، އެ ހިދުމަތް އާދީއްތަ ދުވަހު ފެށޭވަރުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: