ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ދައުރު“ އަށް ރައްދު ދީ މުންދު ނެރުނު ބަޔާނުގެ ބަސްމަގަށް ފާޑުކިއުން އަމާޒުވުމުން، ޑިލިޓުކޮށް އިތުރު ބަޔާނެއް!

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ޝެއާރކޮށްލާ ކަހަލަދޯ؟

”ދައުރު“ ނޫހުން ކަނޑައެޅިގެން ރޯބުހުތާން ދޮގު ހަދާފައިވާކަމަށް ބުނެ އާންމު ކުރި ބަޔާނުގައި ބޭނުންކޮށްފައިވާ ބަސްމަގަށް ނޫސްވެރިންގެ ފާޑުކިއުންތައް އަމާޒުވެ، ބަޔާން ރައީސް އޮފީހުގެ ވެބްސައިޓުން ނަގައި އިބާރާތް ބަދަލުކުރުމަށް ފަހު ދެވަނަ ބަޔާން ނެރެފި އެވެ.

މިއީ ”ދައުރު“ ނޫހުގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން، ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) އަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް ރައީސް އޮފީހުން ނެރުނު ބަޔާނެކެވެ.

ފުރަތަމަ ނެރުނު ބަޔާނާއި ފަހުން ނެރުނު ދެވަނަ ބަޔާން އަޅާކިޔާއިރު، މައިގަނޑު ތަފާތަކީ ބަޔާނުގައި ބޭނުންކޮށްފައިވާ ބަސްމަގު މަޑުމައިތިރިކޮށް، ލަފްޒުތަކަށް ގެނެސްފައިވާ ބަދަލުތަކެވެ. އެގޮތުން ފުރަތަމަ ބަޔާނުގައި ތުހުމަތުތަކަށް ރައްދުދީ ބޭނުންކޮށްފައިވާ ”ރޯބުހުތާނު ދޮގެއް“ އަދި ”ދޮގެއް“ ފަދަ ލަފްޒުތަކުގެ ބަދަލުގައި، ދެވަނަ ބަޔާނުގައި ބޭނުންކޮށްފައިވަނީ ”ހަގީގަތާތާއި ހިލާފު ތުހުމަތެއް“ އަދި ”ހަގީގަތާއި ހިލާފު ވާހަކައެއް“ ފަދަ އިބާރާތްތަކެވެ.

މީގެ އިތުރުން، ބަޔާނުގެ ފުރަތަމަ ޕެރެގްރާފާއި ފަހު ޕެރެގްރާފުގައި ހުރި މިފަދަ ބަސްތައް އިސްލާހުކޮށްފައިވާއިރު، ބަޔާނުގައި ހިމަނާފައިވާ މައިގަނޑު އަސްލަށް އެއްވެސް އުނިއިތުރެއް ގެނެސްފައި ނެތެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ބޭރު ފައިސާއާބެހޭ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލުގެ ދަށުން ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ނިންމީ ޓޫރިޒަމް ސިނާއަތުގެ ޖަމްއިއްޔާ، މަޓީއާ މަޝްވަރާނުކޮށް ކުއްލިއަކަށްކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެގޮތުން، މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ސަރުކާރުގެ ކަމާބެހޭ ވަޒީރުންނާއި މަޓީގެ އިސްވެރިންނާ ދެމެދު ރައީސް އޮފީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް ރައީސް އޮފީހުގެ އެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: