ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލާޙަކީ ކަނޑަކަށް އެއްލާލާފައި އޮތް ހިކި ބޮނބިގަނޑެއް، ދާނީ އޮޔާ ވަޔާ ރާޅު ޖެހި ދިމާލަކަށް: ރައީސް ޔާމިން

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ--ފޮޓޯ: ޕީއެންއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާ ވަގުތުތަކުގައި ވެރިކަންކުރާ ޕީއެންސީގެ ރައްޔިތުންގެ މަޖިލިސް މެންބަރުން އަތްތިލަބަޑި ޖަހަނީ ނޯތު ކޮރެއާގެ ވައްޓަފާޅިއަށްކަމަށް ބުނުމަކީ، ރައީސަށް ކުރާ މަލާމާތެއްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅުގައި ތިބޭ ފަރާތްތަކުގެ ޒިންމާއަކީ ރައީސަކު ދައްކަވާ ވާހަކަފުޅުތަކުގެ ހަގީގަތް ޕޯޑިއަމްތަކުގައި ރައްޔިތުންނަށް އޮޅުންފިލުވައިދިނުން ކަމަށެވެ. އަދި ހުޝާމަދު ކުރުމުގެ ގޮތުން މަޖިލިސް ތެރޭގައި އަތް ހުޅުނެއްޓޭ ވަރަށް އަތްޖަހަމުންދާ ދިއުމަކީ ނޯތު ކޮރެއާގެ ލީޑަރު ވާހަކަ ދެއްކެވުމުން އަމަލުކުރާ ގޮތް ކަމަށް ވިދާޅުވުމަކީ، ރައީސް މުއިއްޒަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރެއްވިއެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ ފަލާހަކީ ގަދަ ކަނޑަކަށް އެއްލާލާފައި އޮންނަ ހިކި ބޮންބިގަނޑެއް ފަދަ ބޭފުޅެއް ކަމަށެވެ. އެގޮތުން އޮޔާ ވަޔާ ދާހެން ޕީޕީއެމުން ޖުމްހޫރީ ޕާޓީއަށް އަދި މިހާރު ޕީއެންސީއަށް ބަދަލުވެފައިވާކަމަށާއި، މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި ނަމަވެސް އޭނާގެ އިލްމީ ގާބިލުކަން ނެތްކަން މަޖިލީހުގެ ތެރެއިން ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އަމާޒުކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އާއިލާގެ އެއްވެސް މީހަކަށް، އަނބިކަނބަލުންނަށް އަދި ދަރިއަކަށް ވެސް ލޯނެއް ހަމަޖައްސަވައިދެއްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރު އައުމާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އަބްދުއްރަހީމްގެ އަނބިކަނބަލުންނަށް 100 އެތައް މިލިއަން ރުފިޔާއެއްގެ ލޯނެއް ހަމަޖައްސައިދީފައިވާކަމަށް ތުހުމަތު ކުރެއްވިއެވެ.

މީގެއިތުރުން، އަނބިދަށުވެފައި ހުންނަނީ ކާކުތޯ ސުވާލު އުފައްދަވަމުން، އެހެން މީހުންނާ ސުވާލު ކުރުމުގެ ކުރިން އަމިއްލަ ނަފްސަށް ބަލައިލުން ރަނގަޅުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އަމިއްލަ އަނބިމީހާއާ އޮންނަ ގާތް ގުޅުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫންކަމަށާއި، އާއިލާ ބިނާވެފައިވަނީ އެ ގުޅުމުގެ މައްޗަށްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބައެއް މެންބަރުންނަކީ މީގެ ކުރިން އެމަނިކުފާނުގެ ވެރިކަމުގެ ބާރު ކަނޑުވާލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ގުޅިވަޑައިގެންނެވި ބޭފުޅުންނެވެ. އަދި އެ ބޭފުޅުންނަކީ ދުވަހަކުވެސް އެމަނިކުފާނާ ގާތް ބައެއް ނޫންކަމަށާއި، އެ ބޭފުޅުން އަބަދުވެސް ގާތްވާނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: