ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ މިއަދު މިވަނީ އެއްވެސް އާމްދަނީއެއް ލިބެންނެތް ޤައުމަކަށް ބަދަލުވެފައި: ފޮރިން މިނިސްޓަރު

ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ މިއަދު  މިވަނީ އެއްވެސް އާމްދަނީއެއް ލިބެންނެތް ޤައުމަކަށް ބަދަލުވެފައިކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވެފައި މިވަނީ، ޗައިނާއިން ދިވެހިރާއްޖެއަށް ވެދެއްވި އެހީތައް ފާހަގަކުރައްވާ ނެެރުނު ބަޔާނެއްގައެވެ.

މި ގޮތުން މިއަދު ފޮރިން މިނިސްޓްރީން ނެރުނު މި ބަޔާނުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، މެދު-އާމްދަނީ ލިބޭ ޤައުމުތަކުގެ ތެރެއިން، އެންމެ ހަލުވިމިނުގައި ތަރައްޤީވަމުންއައި ރާއްޖެ މިއަދު މިވަނީ އެއްވެސް އާމްދަނީއެއް ލިބެންނެތް ޤައުމަކަށް ބަދަލުވެފައިކަމަށެވެ.

ނަމަވެސް ބައިނަލްއަޤުވާމީ  މުޖުތަމަޢުގައިވާ އެކުވެރި ޤައުމުތަކުގެ އެހީތެރިކަމާއެކު، ކޮވިޑް-19 އިގެ ހާލަތުން އަރައިގަތުމުގެ އަޒުމާއި, ހިތްވަރާއި، ސާބިތުކަން ރާއްޖޭގައި އެބަހުރިކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު  ވިދާޅުވީ، ދުނިޔެ އަށް ޖެހިފައި މިވަނީ ހީވެސް ނުކުރާފަދަ ދަތި އުނދަގޫ މުސީބާތެއްކަމަށާއި، ހަމަ އެކަނި ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވެފައިވާ މި ކުޑަކުޑަ ޤައުމަށް ކޮވިޑް-19 އިގެ  ބަލިމަޑުމަކުން ކުރިމަތިވާ އިޤުތިޞާދީ ގެއްލުން ނުހަނު ބޮޑުވެފައިވާކަމަށެވެ.

މިނިސްޓަރު ޝާހިދު ވަނީ،  ޗައިނާގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަކީ އަބަދުވެސް، ރާއްޖެއާއި ގާތްގުޅުމެއް ބާއްވާ ދިވެހިންގެ އެކުވެރި ރަޙުމަތްތެރިއެއްކަން ފާހަގަކުރައްވާފައެވެ.

މި ގޮތުން ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގާތްގުޅުމަށް އަލިއަޅުވައިލައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ކޮވިޑް19 އާއި ގުޅިގެން ޗައިނާއަށް ގޮންޖެހުންތަކާއި ދަތިތައް ކުރިމަތިވެފައިވާކަމަށެވެ.

އެހެންނަމަވެސް،  ރާއްޖެއަށް އެހީވުމުގައި ދިވެހިންނާއެކު އަތާއަތްގުޅާލައި ޗައިނާގެ ރައްޔިތުން ތިބުމުން, އެކަމަށްޓަކައި، ހެޔޮއެދުމާއި އިޚުލާސްތެރިކަމުގެ ޝުޢޫރު ފާޅުކުރައްވާކަމުގައި މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. 

 

https://twitter.com/MoFAmv/status/1256563154353438720?s=19

މިނިސްޓަރު ޝާހިދު ވިދާޅުވީ، ކޮވިޑް-19 އިގެ ސަބަބުން ރާއްޖެ ކުރަމުން މިދަނީ އުނދަގޫ ދަތުރެއްކަމަށާއި، ނަމަވެސް އެކުއެކީގައި ހޭރިޔާކޮށް އަމާން ބަނދަރަކަށް ވާސިލުވުމުގެ އުންމީދާއި ޔަޤީންކަން އެބައޮތްކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދުވަނީ، ޗައިނާގެ އަގުވަޒަންކުރައްވައި ޝުކުރުގެ ޖިޒީތައް ފާޅުކުރައްވާފައެވެ.

މި ގޮތުން، މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް، ވަގުތުގެ ގޮތުން އެންމެ ބޭނުންވި ސިއްޚީ އާލާތްތައް، މީގެ މަހެއްހައި ދުވަސްކުރިން ހިލޭ އެހީގެ ގޮތުގައި ޗައިނާއިންހަދިޔާކޮށް ދެއްވާފައިވާކަމަށެވެ. ހަމައެއާއެކު  މި ބަލިމަޑުކަމުން ދިފާޢު ވުމަށް ބޭނުންވާ ސިއްހީ އާލާތާއި ވެންޓިލޭޓަރުގެ ދީލަތި އެހީއާއިގެން އަނެއްކާވެސް ޗައިނާގެ  އިތުރު ފްލައިޓެއް ފުރާފައިވާކަމަށެވެ. 

މި ގޮތުން މިނިސްޓަރު ޝާހިދުވަނީ މި ވައިރަހުން ދިފާޢުވުމަށް ބޭނުންވާ ސިއްހީ އާލާތާއި ވެންޓިލޭޓަރުގެ ދީލަތި އެހީ ޗައިނާއިން ފޯރުކޮށްދޭއިރު، ޗައިނާއަށްޓަކައި ހިފެހެއްޓުމެއްނެތި މަރުހަބާ ދަންނަވާފައެވެ.

ހަމައެއާއެކު މިނިސްޓަރު ޝާހިދުވަނީ، ޗައިނާގެ ރައީސް ޒީ އަށާއި، ސްޓޭޓް ކައުންސިލަރަށާއި، ފޮރިން މިނިސްޓަރ ވަންގް ޒީ އާއި ޗައިނާގެ ލޮބުވެތި ރައްޔިތުންނަށް  ހެޔޮއެދުމާއި ޝުކުރު އަރިސްކުރައްވާފައެވެ. 

މީގެ އިތުރުން، މިނިސްޓަރު ޝާހިދުވަނީ، މި ދަތި އުނދަގޫ ހައްސާސް ދަނޑިވަޅުގައި ޗައިނާއިން ރާއްޖެއަށް ދީލަތި އެހީތައް ފޯރުކޮށްދެއްވި ޗައިނާގެ ޖަމްޢިއްޔާއާއި، ޖަމާޢަތްތަކަށާއި, ކުންފުނިތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މި އަށް ބާރުދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ޗައިނާ އެމްބަސަޑަރު ޒާންކް ލީ ޒޮންގް, ދިވެހި ރައްޔިތުންނާމެދުގައި އެކުވެރިކަމާއި އެއްބާރުލުން ފުރިހަމައަށް ތަމްސީލު ކުރައްވާކަމަށެވެ. 

ޗައިނާއިން  ރާއްޖެއަށް މިއަދު ފޮނުވި  އެހީގެ އިތުރުން, އަލީބާބާ ފައުންޑޭޝަން ނުވަތަ ޖެކްމާ ފައުންޑޭޝަނާއި، ޗައިނާ މާރޝަންޓްސް ޕޯޓް ގްރޫޕް ކޯ ލިމިޓެޑާއި،  ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރެޓް ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް އެންޑް ޑިވެލޮޕްމެންޓް ކޯ ލިމިޓެޑާއި، ޑޮންގފެންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނުގެ އިތުރުން، ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުން ދިން އެހީތައް ވެސް ހިމެނެއެވެ. ހަމަ އެހެންމެ، ޗައިނާ ކޮމިއުނިކޭޝަންސް ސެކަންޑް ނެވިގޭޝަނަލް ބިއުރޯ ސެކަންޑް އިންޖިނިއަރިންގ ކޯ ލިމިޓެޑާއި، ވާވޭ ޓެކްނޮލޮޖީސް ކޯ ލިމިޓެޑްގެ އެހީތައް ވެސް ހިމެނެއެވެ.

މި އެހީތަކަށް ނަޒަރުދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން, މި ހުސްވި މަހުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ 5000 ފޭސް މާސްކު ރާއްޖެއަށް ހަދިޔާ ކޮށްދެއްވާފައިކަމަށެވެ. 

ހަމަ އެއާއެކު ސަރުކާރުން ގާއިމުކުރާ އިމަޖެންސީ މަރުކަޒުތައް ބިނާކުރުމުގައި ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި، ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުން ވަރުބަލިކަމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. 

މިނިސްޓަރު ޝާހިދުވަނީ، ޗައިނާގެ ސަރުކާރަށާއި، އެ ޤާއުމުގެ އެކިއެކި ކުންފުނިތަކަށް ވަރަށް ޚާއްސަ ޝުކުރެއް ރައްދުކުރައްވާފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: