ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މިނިސްޓްރީގައި ”އަލިފާން ރޯކޮށްލީ“ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން، ސުވާލު ކުރަނީ!

ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލްގެ އޮފީހާއި، އީޕީއޭ ވެސް ހިންގަމުން އައި މި ބްލޮކްގައި/ ފޮޓޯ: ވަގުތު - ޝާބިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް އޮފީސްތައް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ހޯދައި، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ފުލުހުންނަށް އަންގަވައިފިއެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ، އެ އިމާރާތުގައި ރޯކޮށްލީކަމަށާއި އެކަން ކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ގާތް ގުޅުމެއް އޮންނަ މީހެއްކަމަށެވެ. އެކަމުގެ ހަގީގަތް ފުލުހުންނަށް އެނގޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި ހުރި ނަމަވެސް އެ ފަރާތަށް ފިޔަވަޅު އަޅަން ބޭނުން ނުވަނީ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

މި ވާހަކަތަކާ ގުޅިގެން އިހުސާން ވިދާޅުވީ، ރައީސް ޔާމީންގެ ވާހަކަފުޅުތަކާ ގުޅިގެން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތުތައް ސާފުކުރުމަށާއި، މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތްތޯ ކަށަވަރުކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށެވެ.

މީގެއިތުރުން ފުލުހުންގެ މައްޗަށް ކުރެވުނު މި ތުހުމަތު ތަހުގީގުކޮށްދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށަހަޅުއްވާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވި ގޮތުގައި، 12 ޑިސެމްބަރު 2024 ގައި ހިނގި މި ހާދިސާގެ ތަހުގީގު ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާއެކު ފުލުހުން ކުރިއަށް ގެންގޮސްފައިވާއިރު، އެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ވަނީ އެނގިފަ އެވެ. އަދި އެއްވެސް މީހަކަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: