ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

60،000ރ. އިން މަތީގެ އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ފުލް ކަވަރޭޖް ހުއްޓާލަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށްއޮތް ދުވަސްތަކުގައި ފަސްދޮޅަސްހާސް ރުފިޔާއަށްވުރެ މަތިން މުސާރަލިބޭ ފަރާތްތަކަށް މިހާރު އޮންނަ އުސޫލުގެ ދަށުން ފުލް ކަވަރޭޖް އާސަންދައެއް ނުލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ބައެއް މުހިއްމު ނިންމުންތައް އިއުލާނުކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ކުންފިތަކާއިގުޅޭ ބޮޑެތި މަސައްކަތްތައް ސަރުކާރުގެ މުއައްސަސާތަކުން ކުރިއަށް ގެންދާނެކަމަށެވެ. މިގޮތުން މުވައްޒަފުން މަދުކޮށް ދެވޭ ޙިދުމަތްތައްވެސް އޭގެ އެންމެ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒުކަމުގައި ރައީސް ވިދާޅުވިއެވެ.

އާސަންދައިގެ ޚިދުމަތްތަކާއި ގުޅެގޮތުން ރައީސްވަނީ މުހިންމު ނިންމުންތަކެއް ނިންމަވާފައެވެ. އެގޮތުން މީގެ ފަހުން ފަސްދޮޅަސްހާސް ރުފިޔާއަށްވުރެ މަތިން މުސާރަލިބޭ ފަރާތްތަކަށް ފުލްކަވަރޭޖް އާސަންދަ ނުލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ކުރިއަށްއޮތް ދުވަސްތަކުގައި ފަސްދޮޅަސްހާސް ރުފިޔާއަށްވުރެ މަތިން މުސާރަލިބޭ ފަރާތްތަކަށް މިހާރު އޮންނަ އުސޫލުގެ ދަށުން ފުލް ކަވަރޭޖް އާސަންދައެއް ނުލިބޭނެ“ ރައީސް

ރައީސްވަނީ އެންމެ މުއްސަނދި މީހާއާއި އަދި އެންމެ ފަޤީރު މީހާއަށްވެސް އެއްވެސް ތަފާތުކުރުމެއްނެތި އާސަންދައިގެ ޚިދުމަތް މިގާރު ދެމުންގެންދާކަން ފާހަގަކުރައްވާ އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ގިނަ ރައްޔިތުން ޤަބޫލު ނުކުރާކަމަށް ވިދާޅުވެފައެވެ. މިގޮތުން ބޭރުގެ ފަރާތްތަކާއި ފަންނީ ބޭފުޅުންގެވެސް ކަންބޮޑުވުން މިކަމުގައި ހުރިކަމަށް ރައީސް ވިދާޅުވިއެވެ.

”އާސަންދައިގެ ޚިދުމަތްވެސް އެންމެ މުއްސަނދި މީހާއާއި އަދި އެންމެ ފަޤީރު މީހާއަށްވެސް އެއްވެސް ތަފާތުކުރުމެއްނެތި ދެމުންމިދަނީ. އެހެންނަމަވެސް މިއީ އެންމެ ރަނގަޅުގޮތްކަމުގައި ބޭރުގެ ފަރާތްތަކުންވެސް ފަންނީ ފަރާތްތަކުންވެސް ޤަބޫލެއްނުކުރޭ. އަދި އަޅުގަނޑުމެންވެސް ޤަބޫލެއް ނުކުރަން“ ރައީސް

ރައީސް ވިދާޅުވީ، ފަސްދޮޅަސްހާސް ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާޓްތަކަށް ކޯޕޭ ނުވަތަ ޕްރީޕޭ ނިޒާމެއްގެ ތެރެއިން އާސަންދައިގެ ޚިދުމަތް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި އަހަރުދުވަހުގެ ތެރޭގައި ދުއިސައްތަ ހަތްދިހަ އަށް މިލިއަން ރުފިޔާ ރައްޔިތުންގެ އެހެންކަންކަމަށް ޚަރަދުކުރުމަށް ބޭނުންކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އާންމު ރައްޔިތު މީހާއަށް ލިބޭ މިފަދަ ޚިދުމަތްތައް އެންމެ މުއްސަނދީ މީހާ ލިބެންޖެހޭކަމަށް ޤަބޫލުފުޅުނުކުރައްވާކަމަށެވެ.

އެހެންކަމުން އަންނަ މަހުންފެށިގެން ފަސްދޮޅަސްހާސް ރުފިޔާއަށްވުރެ މަތިން މުސާރަލިބޭ ފަރާތްތަކަށް މިހާރު އޮންނަ އުސޫލުގެ ދަށުން ފުލް ކަވަރޭޖް އާސަންދައެއް ނުލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި މިކަމުގެ އިތުރު ތަފްސީލިތައް ކަމާބެހޭ ފަރާޓްތަކުން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: