ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ޕްރެސްއަށް ވަކި މީޑިއާތަކަށް ދައުވަތު ދިން މައްސަލަ ހޫނުވެ، އެމްޖޭއޭގެ ކަންބޮޑުވުން!

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް ވަކިވަކި މީޑިއާތަކަށް ދައުވަތު ދީ، މެއިންސްޓްރީމް އެހެން މީޑިއާތައް ބާކީކޮށް، ދައުވަތު ނުދިން މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފިއެވެ.

ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނީ، ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައި ނުވާތީ މީޑިއާތަކުގެ ޝަކުވާ ލިބިފައިވާކަމަށެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާ ބާއްވަވާ މިފަދަ މުހިންމު ހަރަކާތްތަކުން ވަކި މީޑިއާތަކެއް އެކަހެރިކުރުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ އަސާސީ ހައްގަށާއި، މިނިވަން ނޫސްވެރިކަމަށް އެޅޭ ބޮޑު ހުރަހެއްކަން އެމްޖެއޭގެ ބަޔާނުގައި ވެއެވެ. އެހެންކަމުން، ސަރުކާރުގެ ރަސްމީ ޕްރެސް ކޮންފަރެންސްތަކުގައި ހުރިހާ ނޫސް އިދާރާތަކަށް ހަމަހަމަކަމާއެކު ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޖޭއޭއިން ވަނީ ގޮވާލާފައެވެ.

މި މައްސަލައިގައި މިއަދުގެ ޕްރެސްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޕްރެސް ކޮންފަރެންސްތަކަށް މީޑިއާތަކަށް ދައުވަތު ފޮނުވުމަކީ އެމަނިކުފާނު އަމިއްލަފުޅަށް ނިންމަވާ ނިންމެވުމެއް ނޫންކަމަށާއި، އެއީ ރައީސް އޮފީހުގެ އިދާރީ ސެކްޝަނުން ހިނގާ ކަމެއް ކަމަށެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ކަމާބެހޭ ޑިޕާޓްމަންޓުން ބެލުމަށްފަހު ސާފުކޮށްދޭނެކަމަށާއި، އޮފީހުގެ ކަންކަން ކުރިއަށްދާނީ ޝާއިއުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ”އަދަދު“ ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުން މަނާކޮށްފައިވާއިރު، އެކަމާ ގުޅޭގޮތުން ވެސް ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: