ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޢުނަވީ ސަގާފީ ތަރިކަ ދަފްތަރުކޮށް، ގިންތިކުރުމުގެ މަސައްކަތް ފަށައިފި

(ދިވެހި ސަގާފަތް ދައްކައިދޭ ލިބާސް. ފޮޓޯ: ނާހީ (ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޢުނަވީ ސަގާފީ ތަރިކަ ދަފްތަރުކޮށް، ގިންތިކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް، ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފިއެވެ.

ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން، މަޢުނަވީ ސަގާފީ ތަރިކަ ދަފްތަރުކޮށް، ގިންތިކުރުމުގެ މަސައްކަތް  ފަށާފައިވާކަމަށެވެ.

މި ގޮތުން، ދިވެހި ސަގާފަތާއި އާދަކާދައާއި ގުޅޭ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރަމުން އަންނަ އެކިއެކި މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އެއްކުރުމަށް ނިންމާފައިވާކަމަށް ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ފަދަ މަސައްކަތްތައްކުރާ މަސައްކަތްތެރިންނާއި،  ސަގާފީ ކުޅިވަރު ކުޅޭ މީހުންނާއި،  ސަގާފަތް ދައްކައިދިނުމަށް އެކިއެކި މަސައްކަތް ކުރައްވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ވެސް، އެ މަރުކަޒުން ހާމަކޮށްފައިވެއެވެ. 

ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ހާމަކުރިގޮތުގައި، މި ފަދަ މަޢުލޫމާތުތައް އެއްކޮށް، ދަފްތަރުކޮށް ބެލެހެއްޓުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް އަދުގެ ޖީލަށާއި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، އެ މަރުކަޒާއި އެންމެހައި ފަރުދުންގެ ޒިންމާއެކެވެ.

މި ކަމާއި ގުޅިގެން ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުންވަނީ، ސަގާފީ މަސައްކަތްކުރާ މަސައްކަތްތެރީންނާއި،  ސަގާފީ ކުޅިވަރު ކުޅޭ މީހުންނާއި،  ސަގާފަތް ދައްކައިދިނުމަށް އެކިއެކި މަސައްކަތްކުރާ މީހުންނަށް، އެ މަރުކަޒުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާފައެވެ. 

މި ގޮތުން އެ މަރުކަޒުން ވަނީ،  މި މަހުގެ 12 ގެ ކުރިން ރަޖިސްޓްރީވުމަށް އެދިފައެވެ.  

ހަމައެއާއެކު މަޢުލޫމާތު އެއްކުރުމަށް ތައްޔާރުކޮށްފައިވާ ”ސަގާފަތް އެކިއެކި ފަރާތްތަކަށް ދެއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކާއި، ސަގާފީ މަސައްކަތްތެރިންނާއި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތައް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގައި ދަފްތަރު ކުރުމަށް އެދޭ ފޯމު“ ފުރުމަށްފަހު  އެ މަރުކަޒަށް ފޮނުވުމަށް ވެސް އެދިފައިވެއެވެ.

ހަމަ އެ ގޮތަށް ސަގާފީ މަސައްކަތްތެރީންނާއި، ސަގާފީ ކުޅިވަރު ކުޅޭ މީހުންނާއި، ސަގާފަތް އެކިއެކި ފަރާތްތަކަށް ދެއްކުމުގެ މަސައްކަތް ކުރައްވާ މީހުން އޮންލައިންކޮށްވެސް ދަފްތަރު ކުރުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: