ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް 19 އާއި ގުޅިގެން ހިންގޭ ކަންކަމުގައި ކޮރޮޕްޝަން ކުޑަކުރުގެ ފިޔަވަޅުތައް އަޅަން ފިނޭންސްއިން އަންގައިފި

އިމަޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 އާއި ގުޅިގެން ހިންގޭ ޕްރޮކިއުމަންޓުތަކުގައި ކޮރަޕްޝަން ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކަށް އަންގައިފިއެވެ. 

ފިނޭންސް މިނިސްޓްރީގެ ފަރާތުން ދައުލަތުގެ ވުޒާރާތަކަށް ފޮނުވި ސާރކިޔުލަރގައި ބުނެފައިވާ ގޮތުގައި  ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކުންނާއި އިދާރާތަކުން އަދި އިދާރާތައް އެކުއެކީ ކުރަމުން ގެންދާ އެންމެހައި މަސައްކަތްތަކާއި ކަންކަން، ކުރަމުންގެންދަނީ، ކޮރަޕްޝަނުގެ ޢަމަލުތަކުން ދުރުވެފައިވާ ވެއްޓެއްގައިކަން ޔަޤީންކުރުމަށްޓަކައި އަދި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ޝާއިއުކޮށްފައިވާ ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާއަށްވެސް ރިޢާޔަތްކޮށް، ކޮވިޑް-19 އާއި ގުޅޭ އެންމެހައި ޕްރޮކިއުމަންޓްތައް ހިންގުމުގައި ގިނަ ކްންތައްތަކެއް ކުރުމަށް ވަނީ އަންގަވާފައެވެ. 

އެގޮތުން ފިނޭންސް މިނިސްޓްރީގެ ސަރކިޔުލަރގައި ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ  ދައުލަތުން ޚަރަދުކުރަން ޖެހޭ ކަންކަން ނިންމުމުގެ ބާރު އެއްފަރާތުގައި ނުބޭއްވުމާއި، މުޠުލަޤު ބާރުތައް އެކަކުގެ އަތުގައި ނުބޭއްވުމާއި، މަސައްކަތްތަކާ ގުޅޭ އެކި ޒިންމާތައް ވަކިކުރެވި އެކި ފަރާތްތަކާ ޙަވާލުކުރެވިފައިހުރުމެވެ. 

ހަމައެހެންމެ ކޮވިޑް-19 އާ ގުޅިގެން ނިންމާ ނިންމުންތަކާ ގުޅޭ ތަފުސީލުތައް ލިޔެ ކިޔުމުން ފެންނަން ހުންނަން ޖެހޭނެ ކަމަށާއި  މި ގޮތުން، އެފަދަ ނިންމުންތައް ނިންމާ ސަބަބުތަކާއި، ނިންމުން ނިންމާ ފަރާތްތަކާއި، ނިންމުމާ ގުޅުންހުރި މުހިންމު އިތުރު ކަންކަން ހިމެނަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ސަރކިޔުލަރގައި ބުނެފައިވެއެވެ.  އަދި، މިފަދަ ލިޔެކިޔުން އެކަށީގެންވާ ފެންވަރެއްގައި، ޙާލަތު ނިމުމަށްފަހުވެސް، އިދާރާތަކުން ބަލަން ބޭނުންވެއްޖެނަމަ ބެލޭނެފަދަ ގޮތަ ކަށް ރައްކާތެރިކުރަމުން ގެންދިއުން ވެސް ފިނޭންސް މިނިސްޓްރީގެ އެންގުމުގައި ބުނެފައިވެއެވެ. 

ސަރކިޔުލަރގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅޭގޮތުން ކުރަމުންގެންދާ އެންމެހައި ޚަރަދުތަކުގެ ތަފުސީލު، މިނިސްޓްރީ އޮފް ފިނޭންސަށް ރިޕޯޓުކުރަން ޖެހޭނެ ކަމަށާއި އަދި މި ގޮތަށް ގަވާއިދުން ރިޕޯޓުކުރެވެމުންދާކަން އެ އިދާރާއެއްގެ ފައިނޭންސް އެކްޒެކެޓިވް ކަށަވަރުކުރަން ޖެހޭނެ ކަމަށް ފިނޭންސްގެ އެންގުމުގައި ބުނެފައިވެއެވެ. 

މީގެއިތުރުން ފިނޭންސް މިނިސްޓްރީގެ ސަރކިޔުލަރގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އިމަޖެންސީ ޕްރޮކިއުމަންޓުގެ ޙާލަތްތަކުގެ ދަށުން ޕްރޮކިއުކުރާއިރު، އެކަންކަން ކުރެވެނީ ކަނޑައަޅާފައިވާ އެންމެހައި އުޞޫލުތައް ފުރިހަމައަށް ތަންފީޒުކޮށްގެންކަން ކަށަވަރުކުރަން ޖެހޭނެއެވެ. 

ކާރިސާގެ ޙާލަތުގައި ދައުލަތަށް ހޯދާ ޚިދުމަތާއި ތަކެތި ދައުލަތަށް ހޯދަނީ، ރައްޔިތުންގެ ފުރާނަ އާއި، ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމުގައި، ޢާންމު މަޞްލަޙަތު އިސްކުރެވި، ކާރިސާގެ ވަގުތަށް ބަލާފައި އެކަށީގެންވާ އަގެއްގައިކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

މީގެއިތުރުން ފިނޭންސް މިނިސްޓްރީގެ ސަރކިޔުލަރގައި ބުނެފައިވާ ގޮތުގައި ކުއްލި ޙާލަތުގައި ކުރެވޭ ޕްރޮކިއުމަންޓުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޢަމަލުކުރުމުގެ ގޮތުން ކޮންޓްރެކްޓެއް ޙަވާލުކުރުމުގެ ކުރިން އެކަމަށް ހުއްދަ ހޯދަންޖެހޭ ފަރާތެއްގެ ހުއްދަ ހޯދު މާއި، ލިބެން އޮތް އެންމެ ބޮޑު ވާދަވެރިކަމެއް ހޯދުމާއި، ހޯދަން ބޭނުންވާ އެއްޗެއްގެ އަދަދު ނުވަތަ ކުރަންބޭނުންވާ މަސައްކަތް އެ ވަގުތަކު ދިމާވެފައިވާ ކުއްލި ޙާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ވުރެ އިތުރުނުކުރުމަށް ވަނީ އަންގާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: