ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީ ޕޯޓުގެ މަސައްކަތް ޗައިނާއަށް ދިނީ އިންޑިއާ އެއްފަރާތް ކުރުމަށްފަހުއެއް ނޫން: އިކޮނޮމިކް މިނިސްޓްރީ

ތިލަފުށީ ވިޔަފާރި ބަނދަރު، ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި ތަރައްގީ ކުރާ އައު ވިޔަފާރި ބަނދަރުގެ މަޝްރޫއު ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ އިންޑިއާއަށް ފުރުސަތު ގެއްލުވާލުމަށްފަހުކަމަށް ދެކެވޭ ވާހަކަތައް އިކޮނޮމިކް މިނިސްޓްރީން ދޮގުކޮށްފިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ދިރާސާކުރުމާއި ޑިޒައިން ކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ 2026 ގައެވެ. އަދި މި މަޝްރޫއުގެ ކީވޯލް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އޮކްޓޯބަރު 2024 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަޝްރޫއަށް އެހީތެރިވެދެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވަނިކޮށް، މަޝްރޫއު ޗައިނާ ކުންފުންޏަކަށް ދިންކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި މަޝްރޫއު ކުންފުންޏަކާ ހަވާލުކުރުމުގައި އަމަލުކޮށްފައި ވަނީ ކަނޑައެޅިފައިވާ ގާނޫނީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި އެ ނިންމުމަކީ ދިވެހިރާއްޖޭގެ ދުރު ރާސްތާގެ އިގްތިސާދީ ތަރައްގީއަށް އިސްކަންދީގެން ނިންމާފައިވާ ނިންމުމެއްކަމަށާއި، އެއީ ވަކި ގައުމަކާ މެދު އޮންނަ ހާރިޖީ ގުޅުމަކަށް ނުވަތަ ދެކޭ ގޮތަކަށް ބަދަލު އަންނާނެ ކަމެއް ނޫން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: