ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް މެސެޖެއް ދެއްވަން އެދިވަޑައިގަތް ކަމަށް ބުނާ ވާހަކަ މިނިސްޓަރު އަމީން ދޮގުކުރަައްވައިފި

ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މެސެޖެއް ދެއްވަން ދަންނަވާފައި ނުވާނެކަމަށް ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގުން“ ވަނީ ޕީއެންސީގެ ހަރުގެ ޖަލްސާ އޮތް ދުވަދު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަރިހުން ކުރީގެ ރައީސް ޔާމީނަށް މެސެޖެއް ދެއްވުމަށް އެދިވަޑައިގެންނެވިންތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ އޭނާ އަކީ އެއްވެސް މީހެއް މެދުވެރިކޮށް އެއްވެސް މީހަކަށް މިހާތަނަށްވެސް މެސެޖެއް ދެއްވި ފަރާތެއް ނޫން ކަމަށާއި، ބޭނުންވެވަޑައިގަންނަވާ މެސެޖެއް ދޭން ބޭނުންވާ މީހަކަށް ދެއްވޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގައުމުގެ ނެޝަނަލް އެއާލައިންގައި ވައިޑްބޮޑީ ފެށި އޮސްޓްރޭލިއާ އާއި ހަމައަށް ވެސް ދަތުރުތައް ފެށި ޓޫރިޒަމްގެ ދާއިރާގައި ޓޫރިސްޓު އެރައިވަލްއަށް ބަލައި ރާއްޖެ ވަނީ 8 ވަނައިގައި ކަމަށެވެ. އަދި ދެވަނަ ވައިޑް ބޮޑީ އެއާކްރާފްޓެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ނޫސްވެރިންނަށްވެސް އެނގިވަަޑައިގަންނަވާނެ ކަމަށެވެ.

”އެކަމު އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު އެއްވެސް މީހެއް ކައިރީގައި އަޅުގަނޑު ދޭން ބޭނުންވާ މެސެޖެއް ދެވަނަ ފަހަރަށް ބޭނުންކޮށްގެން ދިނުމުގެ ބޭނުމެއް އޮތް މީހެއް ނޫނޭ،“

އެންމެ ފަހުން ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ރައީސް ޔާމީނަށް މެސެޖެއް ދެއްވަން ކަމަށް ބުނެ މިނިސްޓަރ އަމީން ގުޅުއްވި ކަމަށް ޝުޖާއު އެ ޖަލްސާގައި ވިދާޅުވިއެވެ. އަދި 2 ވަނަ ވައިޑް ބޮޑީ އެއާކްރާފްޓް ރާއްޖެއަށް އަންނާނެ ކަމަށާއި، އަދި ޓޫރިސްޓު އެރައިވަލްވެސް ޓާގެޓަށް ރީޗު ވާނެ ކަމަށް އަމީން ޝުޖާއު ގާތު ވިދާޅުވި ކަމަށް މެމްބަރު އެދުވަހު ވިދާޅުވިއެވެ.

އެހެންނަމަވެސް މިނިސްޓަރ މިއަދުގެ ބައްދަލުވުމުގައި ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: