ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އަގުމަގު އެޕުގައި ރައްޔިތުންނަށް ވަރަށް ބޮޑު އޮޅުވާލުންތަކެއް އެބަހުރި: އަމްރު

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކޮންމެ ހަފްތާއަކު އެއްފަހަރު ތަކެތީގެ އަގު އަޕްޑޭޓު ކުރަމުންދާއިރު އޭގައި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލުންތަކެއް އެބަހުރިކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

”ސަންގުޓީވީގެ“ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އަމްރު ވިދާޅުވީ، މިސަރުކާރުން އަގުމަގު ޕޯޓަލްގައި ބާޒާރުގައި ތަކެތީގެ އަގު ހުރި މިންވަރު ހާމަކުރަމުންދާއިރު، އެމްޑީޕީއިންވެސް އަންނަނީ ހަފްތާއަކު އެއްދުވަހު ބާޒާރުގައި ތަކެތީގެ އަގު ހުރިނެތް މިންވަރު ބަލާ އަޕްޑޭޓު ކުރަމުންކަމަށެވެ.

އެގޮތުން ހަފްތާގެ ކޮންމެ އަންގާރަދުވަހަކު އަގުބަލާ ބުދަ ދުވަހަކު ތަކެތީގެ އަގު އާންމުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުން ކޮންމެ ހަފްތާއަކު އެއްފަހަރު ތަކެތީގެ އަގު އަޕްޑޭޓު ކުރަމުންދާއިރު އޭގައި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލުންތަކެއް ހުރިކަން ފާހަގަކުރެވުނުކަމަށާއި އެގޮތުން އަގުތައް އަޕްޑޭޓު ނޫވުމާއި އެއްޗެއް ގަންނަންދާއިރު އެލިބެން ނުހުރުން ފާހަގަވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެސްޓީއޯގައި މިވެނި އެއްޗެއް ލިބެން ހުރިކަމަށް ޕޯޓަލްގައި ބުނެފައިވީނަމަވެސް އެއްޗެއް ލިބެންހުންނަނީ އެހެން ފިހާރަތަކުންކަމަށް އޭނާ ވިދާޅުވިއެވެ.

”ސަރުކާރުން އެހަދާފައިވާ ޕްލެޓްފޯމުގައި އަގުތައް އަޕްޑޭޓޭއް ނޫން. ތިން ހަފްތާ ހަތަރު ހަފްތާ ފަހަތުގައި އުޅެނީ. ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލުމަށް ހަދައިގެން އުޅޭ ޕްލެޓްފޯމެއްއެއީ. އެސްޓީއޯއިން މިވެނި އެއްޗެއް ލިބެން ހުރިކަމަށް ފެންނައިރު ޑީޓެއިލްއަށް ދިޔައީމަ ފެންނަނީ އެހެން ފިހާރައަކުން ލިބެން ހުންނަކަމަށް. އަގެއް ދިމައެއްނުވޭ. އަނެއްހެން ބުނާނަމަ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލަންވެގެން ހަދައިގެން އުޅޭ ޕޯޓަލްއެއްގެ ގޮތުގައި ފާހަގަވަނީ“ އަމްރު

އަމްރު ވިދާޅުވީ އެމްޑީޕީއިން ކޮންމެ ހަފްތާއަކު ނެރޭ އަގު ލިސްޓު ބަލާލުމުން ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލު މާރަނގަޅަށް އިނގޭނެކަމަށެވެ.

އަމްރު މިހެން ވިދާޅުވެފައިވާއިރު އަތޮޅުތެރޭގެ ތަކެތީގެ އަގުތައްވެސް ހިމެނޭހެން، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބާޒާރުގެ އަގުތައް ބެލޭނެ ޚާއްޞަ ”އަގުމަގު“ އެޕްލިކޭޝަނެއްވަނީ ތަޢާރަފްކޮށްފައެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ސާމާނުގެ އެންމެ ފަހުގެ އަގުތަކާއި، އެކި ފިހާރަތަކުގެ އެންމެ ހެޔޮ، އެންމެ ބޮޑު އަދި އެވްރެޖް އަގުތަކުގެ އިތުރުން ފާއިތުވި 10 ދުވަހު އަގަށް އައި ބަދަލުތައް އެއް ތަނަކުން ބަލާލެވެއެވެ. އަދި އަގުތަކަށް އަންނަ ބަދަލުތަކުގެ ނޮޓިފިކޭޝަން ވަގުތުން ލިބުމުގެ އިތުރުން، އާންމުކޮށް ގަންނަ ތަކެތީގެ ލިސްޓު ސޭވްކޮށްގެން މުޅި ލިސްޓަށް އެންމެ ކުޑަ އަގެއް ހޭދަވާނެ ގޮތްތަކާއި ވަކިވަކި ސާމާނު އެންމެ ހެޔޮކޮށް ލިބޭނެ ތަންތަން ފަސޭހަކަމާއެކު ހޯދާލެވެނޭގޮތް ވެސް ވަނީ އިކޮނޮމިކް މިނިސްޓްރީންވ ވަނީ ހަމަޖައްސާފައެވެ.

އެ އެޕްލިކޭޝަން ތައާރަފުކުރި ފަހުން މިހާތަނަށް 3،300 އަށްވުރެ ގިނަ މީހުން އެ އެޕްލިކޭޝަން ޑައުންލޯޑކޮށްފައިވާކަމސށް މިނިސްޓްރީން މިފަހުންވަނީ ބުނެފައެވެ. އަދި އަސާސީ ކާނާގެ ބާވަތްތައް ކަނޑައަޅައި އެ ބާވަތްތައް މެދުނުކެނޑި ލިބެން ހުންނާނެކަން ކަށަވަރުކުރުމަށް އެސްޓީއޯއާ ހަވާލުކޮށް، ބާޒާރުގައި އެއިން މުދަލެއްގެ އަގު އުފުލޭނަމަ އެތަކެތި ބާޒާރަށް ނެރެ އަގު ކޮންޓުރޯލުކުރުމުގެ މަސައްކަތް އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: