ކޯވިޑް-19 ގައި އުޅުއްވާ ވަޒީރުންނާއި އާއިލީ އެކައުންޓްތައް އޭސީސީއިން މޮނީޓަރިން އަށް ލާންޖެހޭ ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރީއް އިބްރާހިމް މުހައްމަދު ސާލިޙްއަށާއި ސަރުކާރުގެ ވަޒީރުންނަށް ފާޑުވިދާޅުވެ ޑރ ޖަމީލް ކުރެއްވި ޓުވިޓުގައި ވިދާޅުވީ 10،000 ދޭން ކުރާ ސީޕްލޭން ދަތުރުން، 600 މިލިއަން ޚަރަދުވި ގޮތް އެނގޭ ކަމަށެވެ. ނިކަމެތިވި ވަގުތު ކަދުރުކޮޅުވެސް ހުސްވެއްޖެ ކަމަށެވެ.
މީގެއިތުރުން ޑރ ޖަމީލް ވިދާޅުވީ ކޮންމެ ޚިތާބެއްގައިވެސް ރައީސް ރައީސް ސާލިޙް ތިޔަވިދާޅުވަނީ އެއް ވާހަކަތަކެއް ކަމަށެވެ. ރައްޔިތުން މިއަދު ބޭނުންވަނީ ހުށަހެޅުންތަކަކާއި އުންމީދުތަކެއް ކަމަށެވެ. އެއިން ކަމެެއް އަޑު ނީވޭ ކަމަށާއި 600 މިލިއަން ހުސްވެގެންދިޔައިރު މޫސުމީކޮށް ރައްޔިތުންނަށް ފެނިލެއްވުމަކީ ނާޤާބިލްކަމުގެ އިންތިހާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
https://twitter.com/MJameelAhmed/status/1257294356156837888
ހޯމަ ދުވަހު ދިވެހި ގައުމާއި މުހާތަބް ކުރައްވާ ރައީސް ސާލިޙް ވިދާޅުވީ ކުރިޔަށް އޮތް ދެހަފުތާގައި ބަލީގެ ހާލަތު މައްޗަށް ދާނެ ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ލަފާކޮށްފައިވާ ކަމަށާއި، ނަމަވެސް އެ 14 ދުވަހުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ބޮޑު ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގައި ބަލީގެ ހާލަތު ގޯސްވިޔަ ނުދިނުމަށް ސިއްހީ ހިދުމަތްތެރީން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެންމެ ފުރަތަމަ އަންދާޒާ ކުރި މިންވަރާއި އަޅާބަލާ ބަލީގެ ހާލަތު ގޯސްވެގެން ގޮސްފައި ނުވަނީ ހިއްސީ ދާއިރާގެ ފަރާތްތަކުން ދެއްވަމުން ދިޔަ ލަފައާއި އިރުޝާދުތަކުގެ ސަބަބުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

