ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ހަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 557 އަށް އަރައިފި

އިމަޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް އިތުރު ހަ މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީޙުންގެ އަދަދު 557 އަށް އަރާފައިވާކަން ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. 

އެޗްޕީއޭއިން ކުރި ޓުވިޓުގައި ބުނެފައިވާ ގޮތުގައި މިއަދު ކޮރޯނާވައިރަހަށް ޕިޒިޓިވްވި ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ ދިވެހިންނެވެ. އަދި އޭގެ ތެރެއިން އަކަކު ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ. 

https://twitter.com/HPA_MV/status/1257565075554140160

މާލޭގައި ކޮރޯނާވައިރަސް ހަލުވި ކަމާއިއެކު ފެތުރެމުންދާއިރު މިހާތަނަށް ރާއްޖޭގައި މިބަލި ޖެހުނު މީޙުންގެ ތެރެއިން ބައްޔަށް ފަރުވާ ދެވި ބަލިން ރަނގަޅުވެފައި ވަނީ 18 މީހުންނެވެ. އަދި އެކަކު ވަނީ މަރުވެފައެވެ. 

ބަލިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސީއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މި މަހުގެ30 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ. އަދި މާލޭގައި މީހުން ބޭރަށް ނިކުމެ އުޅުމާއި މާލެއިން ފޭބުމާއި މާލެއަސް އެރުން މަނާކޮސްފައި އޮތް އޮތުން މި މަހުގެ14 ވަނަ ދުވަހާއި ހަމައަށް ވަނީ އިތުރު ކޮށްފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: